އަނގައިގެ ސިއްހަތާ ގުޅޭ މައުލޫމާތު އެއްކޮށް ގައުމުތައް ރޭންކު ކުރަނީ

އިޓަލީ އާއި ޖަޕާނުގެ ޑެންޑިސްޓުން އިސްނަގައިގެން އަނގައިގެ ސިއްހަތާ ގުޅޭ މައުލޫމާތު އެއްކޮށް އަނގައިގެ ސިއްހަތުގެ ދާއިރާގައި ގައުމުތައް ރޭންކު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޯރަލް ހެލްތު އޮބްޒަވޭޓަރީ (އޯއާރްއޯ) އިން އިސްނަގައިގެން ގައުމުތަކުގައި އަނގައިގެ ސިއްހީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު އެއްކުރާނެ އެވެ. އެގޮތުން ދަތްފަނިކެއުމާއި އަނގައިގެ ސިއްހަތާ ގުޅޭ އިތުރު ބަލިތައް ޖެހޭ މިންވަރާއި އެ ބަލިތައް ޖެހޭ އުމުރު، ބަލިތައް ޖެހޭ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތާ ގުޅޭ މައުލޫމާތު އެއްކުރާނެ އެވެ.

އެ މައުލޫމާތު އެއްކުރާނީ އޮންލައިން ކޮށް އަދި މޮބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ.

މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވަނީ އިޓަލީ އާއި ޖަޕާނުގަ އެވެ. އެގައުމުތަކުގައި ހޮވާލެވޭ ހާހަކަށް ވުރެ ގިނަ މީހުންގެ އަނަގައިގެ ސިއްހަތާ ގުޅޭ މައުލޫމާތު އެއްކުރަން ވަނީ ނިންމައިފަ އެވެ.

މި މައުލޫމާތުތަކާ އެކު، އަނގައިގެ ސިއްހަތުގެ ދާއިރާގައި ގައުމުތައް ރޭންކު ކުރާނެ އެވެ.

comment ކޮމެންޓް