ރަސްރަނި ބަގީޗާގެ ވިންޓަރ ތީމް އިމާރާތުގެ މަސައްކަތް ފަށައިފި

ރަސްރަނި ބަގީޗާގެ ވިންޓަރ ތީމް ސަރަހައްދުގެ އިމާރާތް ހަދަނީ -- ފޮޓޯ/ ޑރ. މުހައްމަދު މުއިއްޒު

ރަސްރަނި ބަގީޗާގައި ހަދާ "ވިންޓާ ޕާކް" ގެ އިމާރާތް ރޭވުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށްދެއްވީ ހައުސިންގް މިނސިްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މުއިއްޒުގެ ޓްވީޓުގައި ވަނީ، ރަސްރަނި ބަގީޗާގައި ހަދާ ވިންޓަރ ތީމް އިމާރާތް ރޭވުމުގެ މަސައްކަތް ކުރިޔަށްދާ ފޮޓޯޓަކެއްވެސް ހިމެނުއްވާފައެވެ.

މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްރަނި ބަގީޝާގައި ހަދާ ވިންޓަރ ތީމް ސަރަހައްދަކީ ދައުލަތުގެ ބަޖެޓުން ޚާރަދުކޮށްގެން ހަދާ ތަނެއް ނޫން ކަމަށާއި އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރުން ޚަރަދުކުރާ މަޝްރޫއެއް ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް މި މަޝްރޫޢަށް ނުކުރޭ،" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި މުއިއްޒު ޓީވީޢެމްގައި ވަނީ، މިހަފްތާ ތެރޭގައި އެމަސައްކަތް ފަށާނެކަން ވިދާޅުވެފައެވެ. އަދި ފަށާތާ 45 ދުވަސް ތެރޭގައި މަސައްކަތް ނިމޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއއްޒު ވިދާޅުވީ އެ އިމާރާތަކީ އެއްވެސް މައްސަލައެއް ދިމާނުވާ ގޮތަށް، ފިނިހޫނުނމިންވެސް ދެމެހެއްޓޭނެ ތަނަކަށް ވާނެ ކަމަށެވެ.

"އެއީ ވަރަށް ތަފާތު ގޮތަކަށް ތަރައްގީ ކުރެވޭ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ތަނެއް. އެ އިމާރާތުގެ ތެރޭގައި ހުންނާނީ ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނަކާ އެކު. އަދި އައިސް ސްކޭޓިން ވެސް ކުރެވޭނެ. މިގޮތަށް މާލޭގައި މި ފިނިހޫނު މިނުގައި އެތަން ސަސްޓެއިން ކުރެވޭނެ ގޮތްތައް ބެލުމަށް އެބަޖެހޭ ވަރަށް ގިނަ ޓެސްޓުތަކެއް ހަދަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަނަށް ބޭނުންވާ ސްނީ މެޝީނާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އުފެއްދީ ފްރާންސާއި ސްވިޓްޒަލެންޑުގެ ފެކްޓަރީއަކުން ކަމަށާއި، ހުރިހާ ތަކެއްޗެއް ރާއްޖެ ގެނެސްފައިވާނެ ކަމަށެވެ.

comment ކޮމެންޓް