ގޫގުލްގެ ޓެކްނޮލަޖީ ޕެންޓަގަންގައި ބޭނުންކުރާ ކަމަށް ބުނެފި

ޑްރޯންތަކުން ނަގާ ފޫޓޭޖު އެނަލައިޒް ކުރުމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ގޫގުލްގެ ޓެކްނޮލަޖީ ބޭނުންކުރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގޫގުލްއާ ހަވަލާދީ ސްކައި ނިއުސް ބުނާ ގޮތުން ޕްރޮޖެކްޓް މާވެންގެ ނަމުގައި އެކުންފުނީގެ ޓެކްނޮލަޖީ ބޭނުންކޮށްގެން ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ނަގާ ވީޑިއޯ، ފޮޓޯ އެނަލައިޒް ކުރެ އެވެ.

ގޫގުލް އިން ބުނީ ސަރުކާރުގެ ބޭނުންތަކަށް އެ ކުންފުނިން އަބަދު ވެސް ޓެކްނޮލަޖީގެ އެހީދޭ ކަމަށެވެ. އެގޮތުން ޓެންސާފްލޯ ކިޔާ ޓެކްނޮލަޖީއެއް ޕެންޓަގަން އަށް ޑިވެލޮޕްކޮށްދީފައިވާ ކަމަށާއި މިއީ މެޝިން ލާނިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޓެކްނޮލަޖީއެއް ކަމަށާއި މި ޓެކްނޮލަޖީގެ އެހީގައި ވީޑިއޯ ފޫޓޭޖުތަކުގައި ހުންނަ ނުސާފު އޮބްޖެކްޓްތައް ވެސް އައިޑެންޓިފައި ކުރެވޭނެ ކަމަށެވެ.

ގޫގުލް އިން ބުނީ އެ ޓެކްނޮލަޖީގެ އެހީގައި މީހުންގެ މޫނު އަދި ދެނެ ނުގަނެވޭނެ ކަމަށާއި އެ ޓެކްނޮލަޖީ އަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޓެކްނޮލަޖީ އައީ އައިއެސް އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޓެކްނޮލަޖީއެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެ ޕްރޮޖެކްޓުގެ ހެޑް މެރިން ކޯޕްރަލް ކާނަލްޑްރޫ ކޫކާ ވިދާޅުވީ އެމެރިކާގެ ޑިފެންސް ސެންޓަރުން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީގެ ބޭނުންކުރާ މިންވަރު މިހާރަށް ވުރެ ފުޅާކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް