އުރީދޫއިން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތައާރަފްކޮށްފި

އުރީދޫގެ ޕެކޭޖްތައް ތައާރަފް ކުރުން -- ސަންފޮޓޯ/ ފަޔާޒް މޫސާ

ކޯލް، އެސްއެމްއެސް، ޑޭޓާ އަދި އައިޑީޑީ ހިމެނޭގޮތައް އުރީދޫ މޯލްޑިވްސްއިން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕެކޭޖްތައް ތައާރަފްކޮށްދިނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ފަސް ކުޅުންތެރިންނެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފް ކޮށްދެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނަޖީބު ވިދާޅުވިއެވެ.

އުރީދޫގެ ޕެކޭޖްތައް ތައާރަފް ކުރުމަށްފަހު އުރީދޫގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ/ ފަޔާޒް މޫސާ

އަލަށް ތައާރަފް ކުރި ޕެކޭޖްތަކުގެ ތެރޭގައި އިތުރު ޗާޖަކާ ނުލައި އަންލިމިޓެޑް ޑޭޓާ ބޭނުންކުރެވެއެވެ. އަދި އުރީދޫ ނެޓްވޯކުގެ ތެރޭގައި އަންލިމިޓެޑް ކޯލްސް އަދި އެސްއެމްއެސްގެ އިތުރުން ފޯޖީ ނެޓްވާކް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އަލަށް ތައާރަފްކުރި ޕެކޭޖުތައް:

  • ޕޯސްޓްޕެއިޑް 200

މި ޕެކޭޖްގެ ދަށުން ލޯކަލް ނެޓްވޯކްތަކަށް ގުޅުމަށް 1،000 މިނިޓާ ހަމައަށް ހިލޭ ކޯލް ކުރެވޭއިރު އެއް ޖީބީ ހިލޭ ޑޭޓާ އަދި 1،000 ހިލޭ އެސްއެމްއެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބޭރުގެ އެއް ގައުމަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ

  • ޕޯސްޓްޕެއިޑް 400

މި ޕެކޭޖްގެ ދަށުން އުރީދޫ ނެޓްވޯކަށް ހިލޭ ގުޅޭނެއެވެ. އަދި އެހެން ލޯކަލް ނެޓްވޯކްތަކަށް 1،500 މިނިޓާ ހަމައަށް ހިލޭ ގުޅޭއިރު ހަ ޖީބީ ހިލޭ ޑޭޓާ އަދި އަންލިމިޓެޑް ހިލޭ އެސްއެމްއެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބޭރުގެ ދެ ގައުމަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

  • ޕޯސްޓްޕެއިޑް 600

މި ޕެކޭޖްގެ ދަށުން އުރީދޫ ނެޓްވޯކަށް ހިލޭ ގުޅޭނެއެވެ. އަދި އެހެން ލޯކަލް ނެޓްވާކްތަކަށް 2،000 މިނެޓާހަމައަށް ހިލޭ ގުޅޭއިރު ނުވަ ޖީބީ ހިލޭ ޑޭޓާ އަދި އަންލިމިޓެޑް ހިލޭ އެސްއެމްއެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބޭރުގެ ތިން ގައުމަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

  • ޕޯސްޓްޕެއިޑް 800

މި ޕެކޭޖްގެ ދަށުން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ގުޅޭއިރު 15 ޖީބީ ހިލޭ ޑޭޓާ އަދި އަންލިމިޓެޑް ހިލޭ އެސްއެމްއެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބޭރުގެ ހަތަރު ގައުމަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

  • ޕޯސްޓްޕެއިޑް 1،000

މި ޕެކޭޖްގެ ދަށުން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ގުޅޭއިރު 25 ޖީބީ ހިލޭ ޑޭޓާ އަދި އަންލިމިޓެޑް ހިލޭ އެސްއެމްއެސް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބޭރުގެ ފަސް ގައުމަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

comment ކޮމެންޓް