ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފިއެވެ.
މުހައްމާ ހައްޔަރުކޮށްފައިވަނީ ބުރުޒުމަގުން، އާދައިގެ ހެދުމުގައި ތިބި ފުލުހުންކަމަށް މައުލޫމާތު ލިބެއެވެ.
އެސްއޯއީގެ ދަށުން ކަމަށް ބުނެ ގިނަ ބަޔަކު ފުލުހުން ހައްޔަރު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ސިނާން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެންބަރު އިލްހާމުގެ ކޮއްކޮ، ވަކީލު އާދަމް ޒާލިފް ހިމެނެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މޫސާ އަލިމަނިކާއި، އެޕާޓީގެ ގައުމީ މަޖިލިސްގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)، ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކާއި އަހުމަދު އަދުހަމް ވެސް ވަނީ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ވެސް ވަނީ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައެވެ.