ލިވިންގް އެކްސްޕޯއިން ވިޔަފާރިތަކާއި އާންމުންނަށްވެސް ހިތްހަމަޖެހުން

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ލިވިންގް އެކްސްޕޯއަކީ ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސިލްސިލާ އިވެންޓެކެވެ. މި އިވެންޓުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސް ކޮށްފައިވާއިރު އެޕާޓްމަންޓުން ފެށިގެން އެ އެޕާޓްމަންޓްތަކުގެ ފަރުނީޗަރާއި އެތަންތަނާއި އެންމެ ގުޅޭ ސްވިޗު ބޯޑުތަކާ ބެހޭގޮތުން މައުލޫމާތުދީ އެތަކެތި ވަނީ އާންމުނަށް ދައްކާލައިފައެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރޭ 11:00ގައި ލިވިންގް އެކްސްޕޯ ނިންމާލިއިރު ހުރިހާ އެގްޒިބިޓަރުންވެސް ތިބީ ހިތްހަމަޖެހިފައެވެ. 18 ފަރާތަކުން ބައިވެރިވެ 28 ސްޓޯލްގައި ތިބި ހުރިހާ އެގްޒެބިޓަރުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ހައިރައިޒުން އިންތިޒާމުކޮށްގެން އެފަރާތަށް ލިބުނު އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ލިވިން އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދު ހާސިލް ވިކަމުގެ އުފާވެރިކަން ހުރިހާ އެގްޒިބިޓަރުންގެ މޫނުމަތިން ހާމަވާން ހުއްޓެެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒެބިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީމަ ވަރަށް އުފާކުރަން. މިތަނުގައި ބައިވެރިވެ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ދައްކާލައި ކަސްޓަމަރުންނާ ޑައިރެކްޓްކޮށް ކޮމިއުނިކޭޓް ކޮށްލަން ލިބުނީތީ ވަރަށް ހިތްހަމަޖެހޭ އަދި އެކަމަށް ހައިރައިޒަށް ޝުކުރު އަދާކުރަން،" އެ ފެއާގައި ބައިވެރިވި އެގްޒެބިޓަރެއް "ސަން"އާ ވާހަކަދައްކަމުން ބުންޏެވެ.

ލިވިންގް އެކްސްޕޯއަކީ މަތީ ފަންތީގެ ވިޔަފާރިވެރިންނާއި، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ބައެއް ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި އިވެންޓެކެވެ. ވަކިން އެޕާޓްމަންޓްތަކަށް ބަދަލުވާން ބޭނުންވާ އެތައް ފަރާތަކުން މިއަހަރުގެ އެކްސްޕޯއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. ބޭރުގެ ފެންވަރު ރަނގަޅު އެޕާޓްމަންޓްތަކާ ބެހޭ މައުލޫމާތު ހޯދާ އެފަރާތްތަކާ ވާހަކަ ދައްކާށެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"ވަރަށް ޕޮޓެންޝަލް ވިޒިޓާޒް އައީ މިކޮޅަށް، އަޅުގަނޑުމެންގެ ރޭޓްތަކާއި އެޕާޓްމަންޓްތަކާ ގުޅޭ މައުލޫމާތުތައް ދިނުމުން ވަރަށް ހިތްހަމަޖެހިފައި ތިބިކަން ފާހަގަކުރެވޭ. އެއްބަޔަކު ލަންކާއަށް ޗޭންޖްވާއިރު އަޅުގަނޑުމެންގެ އެޕާޓްމަންޓް ރެންޓް ކުރާނެކަމުގެ ޔަގީންކަންވެސްދީފަ ދިޔައީ،" ކޮލޮމްބޯގެ ހެވްލޮކް ސިޓީ އެޕާޓްމަންޓްގެ ފަރާތުން ވާހަކަ ދައްކަމުން ހޭވްލޮކް ސިޓީގެ ސޭލްސް މެނޭޖަރު އާދިލް ޖަމާލް ވިދާޅުވިއެވެ.

ލިވިންގް އެކްސްޕޯއަށް ޒިޔާރަތްކުރި އެގްޒިބިޓަރުންގެ އިތުރުން އެތަނަށް ޒިޔާރަތްކުރި އާންމުންވެސް ތިބީ ހިތްހަމަޖެހިފައެވެ. ސަބަބަކީ އާ ދިރިއުޅުމަކަށް ބަދަލުވާން ބޭނުންވެފައިވާއިރު އެޕާޓްމަންޓުން ފެށިގެން އެތަނުގެ ތެރޭގައި ބޭނުންވާ އެއްޗެހިވެސް އެއްތަނަކުން ބަލާލައި، އަޅާ ކިޔާލުމުގެ ފުރުސަތު ލިބޭތީއެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"އަސްލު ވަރަށް ސަޅި އެކްސްޕޯއެއް މިއީ، އަޅުގަނޑުމެން ވަރަށް އަވަހަށް ލަންކާއަށް ޗޭންޖްވާން މި ވިސްނަނީ. އެޕާޓްމަންޓެއް ޗޫސްކުރަން ވަރަށް ރަނގަޅު ޗޮއިސްތަކެއް މިތަނުން ލިބިއްޖެ. ދެން ހަމަ އިންޓީރިއާކުރާ މީހުންނާ ވާހަކަ ދައްކާންވެސް ފުރުސަތު ލިބިގެން ދިއުމުން އަޅުގަނޑު ބުނާނީ މި އެކްސްޕޯގެ ސަބަބުން ބެސްޓް އޮޕްޝަންތައް ފަސޭހަކަމާއެކު އެނގި ވަރަށް ބޮޑަށް ޓައިމް ސޭވްވެގެން ގޮސްފިއޭ،" ސަންއަށް މައުލޫމާތު ދެއްވަމުން އެކްސްޕޯއަށް ޒިޔާރަތްކުރި މީހަކު ބުންޏެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން ބޭއްވި ހަވަނަ ލިވިންގް އެކްސްޕޯވެސް ވެގެންދިޔައީ ކާމިޔާބު އިވެންޓަކަށެވެ. އެއް އަހަރަށްވުރެ އަނެއް އަހަރު ލިވިންގް އެކްސްޕޯގެ ފުރިހަމަކަމާއި ލިވިން އެކްސްޕޯއަށް ބޭރުގެ ފަރާތްތަކުންނާއި އާންމުން ދެމުން ގެންދާ އެއްބާރުލުން ދަނީ އިތުރުވަމުންނެވެ.

ހައިރައިޒުން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"މި އަހަރުގެ އެކްސްޕޯ ވަރަށް ކާމިޔާބު. މިދިޔަ އަހަރާ އަޅާބަލާފައި ވިޒިޓަރުންވެސް ގިނަ މި އަހަރުގަ. އަދި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވުމަށް ބޭރުގެވެސް ވަރަށް ގިނަ ފަރާތްތަކަކުން އޮތީ ޝައުގުވެރިކަން ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ ދެން އަންނަ އަހަރު މިއަށްވުރެ ކާމިޔާބުކޮސް، ބޮޑުކޮށް ލިވިން އެކްސްޕޯ ބޭއްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަށް،" ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވިއެވެ.

"ލިވިން އެކްސްޕޯ 2018" ހުޅުވުމަށްފަހު ހައިރައިޒްގެ ޖެނަރަލް މެނޭޖަރު ސަންއަށް މައުލޫމާތު ދެއްވަނީ - ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގައިވެސް ލަންކާގެ ފަރާތްތަކުން އެ އެގްޒެބިޝަނުގައި ބައިވެރިވެފައިވާއިރު އަންނަ އަހަރު ސިންގަޕޫރާއި މެލޭޝިއާއިންވެސް ފަރާތްތަކުން ލިވިން އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ޝާމިން ވިދާޅުވިއެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ކޮލޮމްބޯ ސިޓީ ސެންޓާއެވެ. އަދި ކޯސްޕޮންސާއަކީ ކޮރަލް ބޮލެވާޑެވެ. މި މައުރަޒުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް