ކޮންމެ ދެ ހަފްތާއަކުން ދުނިޔޭގައި ވާހަކަ ދައްކާ ބަހެއް ނެތިދޭ!

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މާދަރީބަހުގެ ދުވަހެވެ. މި ދުވަސް ފަހަގަ ކުރަނީ ކުރިއަށް އޮތް ގަރުނެއް ނޫނީ ބައިގަރުނެއްގެ ތެރޭ ދުނިޔޭގައި ބޭނުންކުރާ ކުދި ބަސްތައް އަދި އަކުރު ނެތް ބަސްތައް ނެތިދާނެކަމުގެ ބިރު ހީވެފައިވާތީ އެ ބަސްތައް ނެތި ދިއުމުން ރައްކާތެރި ކުރުމަށެވެ.

ބަހަކީ ބައެއްގެ ގައުމިއްޔަތާއި ސަގާފަތާވެސް ގުޅިފައިވާކަމެކެވެ. ދުނިޔޭގައި ބޭނުންކުރާ ގިނަ ބަސްތަކެއް ނެތި ދިއުމުގެ ނުރައްކަލާ މިއަދު ކުރިމަތިލާފައިވާއިރު ޔުނެސްކޯ އިން އަންނަނީ މި ބަސްތައް ހިޔާޔަތް ކުރުމަށް ބައިނަލްއަގުވާމީ ގޮތެއްގައި މަސައްކަތް ކުރަމުންނެވެ.

ފާއިތުވި ވި އަހަރަށް ބަލާއިރު ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ގުޅިފައިވަނީ ބަންގާޅު ބަހުގެ ދިފާއުގައި އެ ގައުމުގެ ކިޔަވާ ކުދިންތަކެއް ކުރި ޖިހާދާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ ދެ ހަފްތާ އަކުން، ދުނިޔޭގައި މީހުން ވަހަކަ ދައްކަން ބޭނުންކުރާ ބަހެއް މަރުވެދެއެވެ. ނޫނީ ނެތިދެއެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް - ބަހަވީސިންދަފާތާއި ގިނަބައްސަކަން" (ދެމެހެއްޓެނިވި ތަރައްގީގައި ގިނަ ބަސް ދަންނަ މީހުންގެ ދައުރު ފުޅާ) އެވެ.

ދުނިޔޭގައި އެކި ބަސްބަހުން ވަހަކަ ދައްކާ ވީހާވެސް ގިނަ މީހުން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް، އެމީހުންގެ ބަސް ދިރުވާ އާލާކުރުމަށް ޔުނެސްކޯއިން ވަނީ ގޮވާލައިފައެވެ. ހާއްސަކޮށް ކުޑަކުދިންގެ ހިތްތަކުގައި މާދަރީބަހަށް ލޯބިޖެއްސުމަށް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް