ގޫގުލްއިން މިދިޔަ އަހަރު 3.9 މިލިއަން ފޯނު ވިއްކި

މިދިޔަ އަހަރު ގޫގުލް ޕިކްސެލްގެ 3.9 މިލިއަން ފޯނު ވިއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެކުންފުނިން ވަނީ ޕިކްސެލް އަދި ޕިކްސެލް2 ގެ 3.9 މިލިއަން ފޯނު ވިއްކައިފައެވެ. މިއީ އެޕަލްއިން ހަފްތާއެއްގެ ތެރޭ ވިއްކާ މިންވަރަށްވުރެވެސް މަދު އަދަދެކެވެ.

ރިޕޯޓުތައް ބުނާގޮތުން ގޫގުލްގެ ފޯނުތައް ވިކުނު މިންވަރު އެޕަލް އާ އަޅާބަލާއިރު މަދުނަމަވެސް މިއީ އެކުންފުންޏަށް ލިބުނު ކުރިއެރުމެކެވެ. އެގޮތުން ގޫގުލްގެ ފޯނު މާކެޓް އެމެރިކާގައި ވަނީ 1.8 އިން 2.8 ޕަސެންޓަށް މައްޗަށް ގޮސްފައެވެ.

ގޫގުލްގެ ފޯނުތައް އަގުބޮޑުވެފައި އޭގެ ކެމެރާ ކޮލެޓީ ރަނގަޅު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. މި 2018 ވަނަ އަހަރުވެސް ގޫގުލްގެ އާ ފޯނެއް ފެންނާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް