20 އަހަރުން ދަށުގެ އެފްއޭ ކަޕް:
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި މާޒިޔާ ސެމީއަށް

ވިހި އަހަރުން ދަށުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗް 3-1 ލަނޑުން މާޒިޔާ އިން ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭގެ މެޗް ކާމިޔާބުކޮށް 10 ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ ފުރަތަމަ ސެމީ ފައިނަލުން ޖާގަހޯދި އިރު، ގްރޫޕް އޭގެ ފުރަތަމަ ސެމީގެ ޖާގަ ކަށަވަރު ކޮށްފައި ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ކުރީގައި އޮތް ވިކްޓަރީ އެވެ.

މެޗްގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި މާޒިޔާގެ ޝާމިން ލަނޑެއްޖަހާ މެޗްގެ ލީޑް ނެގި އިރު، ވެލެންސިޔާ އިން ވަނީ މެޗްގެ ދެ ވަނަ ހާފުގައި މާޒިޔާ ކޮޅަށް ލަނޑެއް ޖަހައި ނަތިޖާ 1-1 ލަނޑަށް ބަދަލުކޮށްލައިފަ އެވެ. އެ ލަނޑު ވެލެންސިޔާ އަށް ކާމިޔާބު ކޮށްދިނީ ސުލްތާން އެވެ. އެހެންނަމަވެސް މެޗްގެ 77 ވަނަ މިނިޓުގައި މާޒިޔާގެ ޑިފެންޑަރު އައްފާން ހަމްޒާ ވަނީ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާ މެޗްގެ ލިޑް ނަގާފަ އެވެ. އަދި މެޗްގައި މާޒިޔާ އިން ލީޑް ފުޅާކުރީ 85 ވަނަ މިނެޓްގައި ހަމްޒާ ކާމިޔާބު ކުރި ލަނޑުން ނެވެ.

މިމުބާރަތުގައި އަންނަ ބުދަދު ވަހު ކުޅޭ ފުރަތަމަ ސެމީ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް އެކެއްގެ އެއް ވަނަ ހޯދި ވިކްޓަރީ އެވެ. ގުރޫޕް އޭގެ އެއް ވަނަ މަގާމް ވިކްޓަރީ ކަށަވަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އީގަލްސްގެ އަތުން 4-3 އިން މޮޅުވެގެންނެވެ. މި މެޗުން ބަލިވުމުން އީގަލްސް ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިމުބާރާތުގެ ގްރޫޕް ބީފަޅިން ހަތަރު ޕޮއިންޓާ އެކު ސެ މީފައިނަލްގެ ދެ ވަނަ ޖާގަ ވެލެންސިޔާ އިން ހޯދާފައި ވާއިރު، ޕޮއިންޓެއް ވެސް ނެތި ގްރޫޕްގެ ފުލަށް ދިޔައީ ވީބީ އެވެ.

މި ގުރޫޕްގެ ފަހު މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ވީބީ އާއި ވެލެންސިއާ އެވެ. އަދި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ އޭވައިއެލްއާ ނިއު އެވެ. މެޗް ފެށުމަށް ހަމަޖެހި ފައި ވަނީ މިރޭ 10:00 ގައި ގަލޮޅު ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު