އެމްއެންޑީއެފްގެ ކާނަލް އަބްދުﷲ ޝަމާލަށާއި އަހުމަދު ނިލާމަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދީފި

19:00


އެމްއެންޑީއެފްގެ ކާނަލް އަބްދުﷲ ޝަމާލަށާއި އަހުމަދު ނިލާމަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދީފި އެވެ.


އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފްގެ ކާނަލްގެ މަގާމުގައި ތިއްބެވި ޕްރިންސިޕަލް ޑައިރެކްޓަރު އޮފް މިލިޓަރީ ލިއޭޒަން ކާނަލް އަބްދުﷲ ޝަމާލް އާއި ޕްރިންސިޕަލް ޑައިރެކްޓަރު އޮފް އިންޓެލިޖެންސް ކާނަލް އަހުމަދު ނިލާމް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދިނީ އިއްޔެ ކަމަށެވެ.


ޝަމާލް އަށާއި ނިލާމް އަށް މަގާމުގެ ކުރިއެރުން ދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިއްޔެ ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީން ފައިސަލް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޝަމާލާއި ނިލާމްގެ އިތުރުން ތިއްބަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރާއި މާލޭ އޭރިއާ އަދި މެރިންކޯގެ ކޮމާންޑަރު އަހުމަދު ޝިޔާމާއި ސަދަން އޭރިއާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކޯސްޓްގާޑުގެ ކޮމާންޑަރު ޒަކަރިއްޔާ މަންސޫރާއި ސެންޓްރަލް އޭރިއާގެ ކޮމާންޑަރު އަހުމަދު ޝާހިދު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު