"ގްލީ"ގެ އެކްޓަރު މާކް މަރުވެފައި އޮއްވާ ފެނިއްޖެ

ގްލީގެ އެކްޓަރު މާކް ސެލިން މަރުވެފައި އޮއްވައި އިއްޔެ ވަނީ ފެނިފައި---

ބެލުންތެރިންގެ މެދުގައި މަގުބޫލު ޓީވީ ސިލްސިލާ "ގްލީ"ގެ އެކްޓަރު މާކް ސެލިން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭ ސަރަހައްދު ކައިރިންނެވެ.

ލޮސްއެންޖެލިސް ފުލުހުންނާ ހަވާލާދީ "ދަ ގާޑިއަން"ގައި ބުނެފައި ވަނީ ޓުޖުންގާގެ ވަލު ކައިރިން މީހަކު މަރުވެފައިވާ ކަން އިއްޔެ ހެނދުނު 8:50ގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ކޭސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭނާ މަރުވީ ކިހިނެއްތޯ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

އުމުރުން 35 އަހަރުގެ މާކް ފޮކްސްގެ މިޔުޒިކަލް ކޮމެޑީ ޑްރާމާ ގްލީގައި އޭނާ ވަނީ ބެލުންތެރިންގެ ލޯތްބާއި މަގްބޫލުކަން ހޯދައިފަ އެވެ.

ބޭރު ހަބަރުތައް ބުނާ ގޮތުގައި އޭނާ އަކީ އަންނަ މާޗު މަހުގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ހެދިކަމުގެ މައްސަލައެއްގައި ހުކުމް ކުރަން ހަމަޖެހިފައިވާ މީހެކެވެ.

މައުލޫމާތު: ދަ ގާޑިއަން

comment ކޮމެންޓް