ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ މަންމަ ޕެޓީ މެލެޓްއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ހިނގައްޖެއެވެ.
ފޯ ސީޒަންސްގެ ލަނޑާގިރާވަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރި ބީބާ ބުނީ ރާއްޖެ އަކީ ވަރަށް ރީތި ތަނެއް ކަމަށާއި އަބަދުވެސް އޭނާ ރާއްޖޭގައި ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ. ރާއްޖެއަކީ ވަރަށް ރީތި ގޮނޑުދޮށެއް ލިބިފައިވާ ގައުމެއްކަން ވެސް އޭނާ ވަނީ ބުނެފައެވެ.
މި ފަހަރު ހޭދަކޮށްލެވުނު ޗުއްޓީ އަކީ ވަރަށް މަޖާ ޗުއްޓީ އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ބީބާގެެ މަންމަ ޕެޓީ މެލެޓްގެ ފައި ބިނދުނު ނަމަވެސް ޕެޓީ ބުނީ ފައި ބިންދައިގެން ދިޔުމުގެ ސަބަބުން ދަތުރުގެ މަޖާ ގަނޑަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަނެކަމަށެވެ.