އިސްލާމިކް ޔުނިވާސިޓީގައި ފޮތްފިހާރައެއް ހުޅުވައިފި

އިސްލާމިކް ޔުނިވާސިޓީއާ އެމް-7 ބުކްޝޮޕް ގުޅިގެން ފޮތް ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

އިސްލާމިކް ޔުނިވާސިޓީއާ އެމް-7 ބުކްޝޮޕް ގުޅިގެން ފޮތް ފިހާރައެއް އެ ޔުނިވާސިޓީގައި މިއަދު ހުޅުވައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ފޮތްފިހާރަ ހުޅުވައިދެއްވީ އެ ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީސްގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާއެވެ.

އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ފަސޭހަކޮށް އެ ދަރިވަރުންނަށް ބޭނުންވާ މުހިންމު ފޮތްތަކާ އިތުރު ހިދުމަތްތައް އެ ފޮތްފިހާރައިން ލިބެގެން ދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީއާ އެމް-7 ބުކްޝޮޕް ގުޅިގެން ފޮތް ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

އެ ފޮތްފިހާރައިން ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީތަކާއި ފޮޓޯކޮޕީ އާއި ބައިންޑިންގް އިތުރުން ފޮތްތައް ޗާޕްކުރުންފަދަ ހިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް ވެސް އިސްލާމިކް ޔުނިވާސިޓީ ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ އެ ފޮތްފިހާރައިން އާންމުންނަށް ވެސް ހިދުމަށް ލިބިގެން ދާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ޔުނިވާސިޓީއެއްގައި ފޮތް ފިހާރައެއް ހުޅުވި ފުރަތަަމަ ފަހަރެވެ.

comment ކޮމެންޓް