ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ބީބާގެ މަންމަގެ ފައި ބިނދިއްޖެ

ބީބާ އަދި އޭނާ މަންމަ އާ ރިސޯޓްގެ ބައެއް މުވައްޒަފުންނާ އެކީ---

ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ މަންމަ ޕެޓީ މެލެޓްއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ޕެޓީގެ ފައި ބިނދިއްޖެއެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ޕެޓީ މެލެޓްގެ ފައި ބިންދައިގެން ގޮސްފައިވަނީ އެ މީހުން ޗުއްޓީ ހޭދަކުރުމަށް އައިދުވަހުއެވެ. ނަމަވެސް ފައި ބިންދައިގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޕެޓީގެ އިންސްޓަގްރާމްގައި އޭނާ ބުނީ ފައި ބިންދައިގެން ދިޔުމުގެ ސަބަބުން ދަތުރުގެ މަޖާ ގަނޑަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެ ކަމަށާއި ރާވައިފައި ހުރި ހުރިހާ ކަންތައްތައް ކުރިއަށް ގެންދާނެކަމަށެވެ.

ޕެޓީ މެލެޓްގެ ފައި ބިންދައިގެން ގޮސްފައި--- ފޮޓޯ/ އިންސްޓަގްރާމް

ބީބާ އޭނާގެ މަންމައާއެކު ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރީތި ރިސޯޓެއް ކަމަށްވާ ފޯ ސީޒަންސްގެ ލަނޑާގިރާވަރު ރިސޯޓުގައެވެ.

ރާއްޖެއާ ބެހޭ ގޮތުން ބީބާ ބުނީ ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއް ކަމަށާއި އަބަދުވެސް އޭނާ ރާއްޖޭގައި ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ. ރާއްޖެއަކީ ވަރަށް ރީތި ގޮނޑުދޮށެއް ލިބިފައިވާ ގައުމެއްކަން ވެސް އޭނާ ވަނީ ބުނެފައެވެ.

މަސްދަރު: އީ ނިއުސް

comment ކޮމެންޓް