މަސްވެރިންގެ ދުވަސް އޮކްޓޯބަރު 16 އަށް ބަދަލުކޮށްފި

އައްޑޫގެ ކޮންވެންޝަން ސެންޓަރު ބަލަހައްޓާނެ ބަޔަކު ހޯދުމަށް އެތަން ސިޓީ ކައުންސިލާ ހަވާލުކުރުމަށް ނިންމެވި

    02 އޯގަސްޓް 2011 - 10 މަސް 2 ހަފްތާ ކުރިން
    18 ކޮމެންޓު

މިއަހަރުން ފެށިގެން މަސްވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިކަން މިގޮތަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

މަސްވެރިންގެ ދުވަސް މިހާރު ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވެފައި އެދުވަސް ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާ ދިމާވާތީ، ފިޝަރީޒް މިނިސްޓްރީގެ ކަމާ ބެހޭ ދާއިރާތަކާ މަޝްވަރާ ކުރުމަށް ފަހު، ވަޒީރުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފަ އެވެ.

ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމް ކުރަމުންދާ ކޮންވެންޝަން ސެންޓަރު، ޓެންޑާ އުސޫލުން ބީލަމަށް ލައިގެން، އެތަން ބަލަހައްޓާނެ ބަޔަކު ހޯދުމަށްޓަކައި އެ ސެންޓަރު، އައްޑޫސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ނިންމާފަ އެވެ.

އޮކްޓޫބަރު 16 ވަނަ ދުވަހަކީ ދުނިޔޭގެ ބާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަސް ވެސް މެ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ކޮމެންޓު ލޯޑުވަނީ

ކޮންމެ ހިޔާލެއް ވެސް ޝާއިއު ކުރެވޭނެތަ؟

ކިޔުންތެރިންގެ ހިޔާލު ގިނަވުމަކީ ސަން އެދޭ ގޮތެވެ. ސަންގެ ކިޔުންތެރިންގެ ހިޔާލާއި ކުރެހުމާއި ފޮޓޯ އާއި ލިޔުމާއި ވީޑިއޯ އަށް ސަންގެ ސޮފުހާތައް ވަނީ ހުޅުވައިލައިފަ އެވެ. ސަން ގަބޫލު ކުރާ އުސޫލަށް ކިޔުންތެރިން އެއްބަސްވާ ގޮތަށެވެ.
ޕޯސްޓްކުރާ ހިޔާލުތަކުގެ ތެރެއިން ހިޔާލެއް ވިޔަސް ލިޔުމެއް ވިޔަސް ކޮމެންޓެއް ވިޔަސް ފޮޓޯ އާއި ވީޑިއޯ ވިޔަސް ސަން އިން އެއަށް ސަމާލުކަން ދޭނެ އެވެ. ހުރިހާ ހިޔާލެއްގެ ތެރެއިން ޝާއިއު ކުރާނީ ސަން އިން ފުރާނާ މިންގަނޑަށް ފެތޭ ލިޔުންތަކާއި ހިޔާލުތަކެވެ. ޝާއިއު ކުރުމާއި ނުކުރުމުގެ ގޮތާއި ހަމަ ކަނޑައަޅާނީ ސަން އެވެ.

ޚިޔާލު ފާޅުކުރައްވާ!