ލައިކަން ބްރޭންޑުގެ ވެކްސް، ލިންޗުޕިން އިން ރާއްޖެ އަށް ތައާރަފު ކޮށްފި

ލައިކަންގެ ސީއީއޯ ލިޑިއާ ޖޯޑޭން، އެ ބްރޭންޑުގެ ޕްރޮޑަކްޓްސް ރާއްޖެ އަށް ތައާރަފު ކޮށްދެއްވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ވެކްސް ބްރޭންޑް ކަމުގައިވާ ލައިކަން ބްރޭންޑުގެ ވެކްސް ޕްރޮޑަކްޓްތައް، ލިންޗްޕިން އިން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

އޮސްޓްރޭލިއާގެ ލައިކަން ބްރޭންޑު ރާއްޖެ އަށް ރަސްމީކޮށް ތައާރަފު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ބްރޭންޑުގެ ވެކްސް ޕްރޮޑަކްޓްތައް އިފްތިތާހު ކޮށްދެއްވީ، ލައިކަންގެ ފައުންޑަރު އަދި ސީއީއޯ ލިޑިއާ ޖޯޑޭން އެވެ.

ލައިކަންގެ ޖުމްލަ 20 ޕްރޮޑަކްޓެއް ލިންޗްޕިން އިން ރާއްޖެއަށް ތައާރަފު ކޮށްފައިވާ އިރު، ލިންޗްޕިން އަކީ އެ ބްރޭންޑުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު އަދި ރީޓެއިލަރެވެ.

ލިންޗްޕިންގެ ސީއީއޯ އަބްދުލް މުހުސިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ލިންޗްޕިންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މުހުސިން ވިދާޅުވީ، ލިންޗްޕިން އަކީ ދުނިޔޭގެ އެންމެ ބޮޑެތި، މަޝްހޫރު ސެލޫންތަކުގައި ބޭނުންކުރާ ވެކްސިންގް ޕްރޮޑަކްޓެއް ކަމަށާއި އެ ޕްރޮޑަކްޓް ބޭނުންކޮށްގެން ޚިދުމަތްދޭ ފަރާތްތަކުން ވަރަށް ރަނގަޅު ޓްރެއިނިން ބޭނުންވާ ކަމަށެވެ.

ލިންޗްޕިން އިން ދަނީ، ލައިކަން ވެކްސްގެ ޕްރޮޑަކްޓްތައް ބޭނުންކުރަން ދަސްކޮށްދިނުމުގެ ގޮތުން ކުރު ޓްރެއިނިންގް ސެމިނާއެއް ވެސް ހޮޓެލް ޖެންގައި ބާއްވަމުންނެވެ. އެ ޓްރެއިނިންގްގައި، އެހެން މީހުންނަށް ތަމްރީނު ދެވޭ ފެންވަރަށް 10 ތެރަޕިސްޓަކަށް ތަމްރީނު ދެވޭނެ އެވެ. ތަމްރީނު ހިންގައިދިނުމަށް ރާއްޖެ ވަޑައިގެންފައި ވަނީ ލައިކަންގެ ފައުންޑަރު އަދި ސީއީއޯ ލިޑިއާ ޖޯޑޭން އެވެ.

ގްލެމް ސެލޮންގެ ސީއީއޯ ފާތިމަތު ނަދާ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ލައިކަން ބްރޭންޑުގެ ވެކްސް ޕްރޮޑަކްޓްސް ރާއްޖެއަށް ތައާރަފު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ލައިކަން ވެކްސް، ލިންޗްޕިންގެ ހުރިހާ ފިހާރައަކުން ވެސް މިއަދު ފަށައިގެން ލިބެން ހުންނަ އިރު، ލިންޗްޕިން އިން ވަނީ އެ ބްރޭންޑްގައި ރާއްޖޭގެ ސެލޫން ޕާޓްނަރެއްގެ ގޮތުގައި ގްލެމް ސެލޮން ހަމަޖައްސައިފަ އެވެ. ގްލެމް ސެލޮން އިން ވެސް ލައިކަންގެ ޕްރޮޑަކްޓްތައް އެއް އަގެއްގައި ލިބެން ހުންނަ އިރު، އެ ޕްރޮޑަކްޓްތަކުގެ ޚިދުމަތް ވެސް އެ ސެލޮންއިން ލިބޭ ގޮތް ހަމަޖެހިފައި ވެ އެވެ.

ގްލެމް ސެލޮންގެ ސީއީއޯ ފާތިމަތު ނަދާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ސެލޫންގެ ހުރިހާ ޚިދުމަތެއް ވެސް ދެނީ ދުނިޔޭގެ ރިކޮގްނައިޒްޑް ބްރޭންޑުތައް ބޭނުންކޮށްގެން ކަމަށާއި މިއީ ބިއުޓީ އިންޑަސްޓްރީ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

comment ކޮމެންޓް