ހަތަރު މަހުގެ ކުއްޖެއްގެ ފައިގާ 16 އިނގިލި، ދެ އަތުގައި 15 އިނގިލި!

ހޮންގް ގެ ދެފައި ތިލަ ---

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުދިން ފުރަތަމަ ގުނަން ދަސްކުރަނީ އިނގިލިތައް ބޭނުންކޮށްގެންނެވެ. ފަށައިގަތުމުގެ ގޮތުން އެކަކުން ދިހައަކަށް ގުނަނީ ކޮންމެ އަތެއްގައި ހުންނަ ފަސް އިނގިލި ލަންބައިގެންނެވެ. ނަމަވެސް ޗައިނާ އަށް އުފަން އުމުރުން ހަތަރު މަހުގެ ހޮންގް ހޮންގް އަކީ ތަފާތު ކުއްޖެކެވެ. ތަފާތަކީ އޭނާގެ އަތުގަޔާއި ފައިގާ ހުންނަން ޖެހޭ ވަރަށް ވުރެ ގިނައިން އިނގިލި ހުރުމެވެ.

ހޮންގް ހޮންގްގެގައި ގާ ހުންނަ ޕޮލީޑަކްޓެލިޒަމް ނަމަކަށްކިޔާ ޖެނެޓިކް ޑިސްއޯޑާއެއްގެ ސަބަބުން އޭނާގެ ފައިގާ 16 އިނގިލި އަދި އަތުގައި 15 އިނގިލި ހުރެ އެވެ.

ހޮންގު އެކޭ އެއްފަދައިން ފަހާ ފެކްޓަރީއެއްގައި މަސައްކަތްކުރާ އޭނާގެ މަންމަގެގައި ގާ ވެސް އެ ޖެނެޓިކް ޑިސްއޯޑާ ހުރެ އެވެ. ނަމަވެސް މަންމަގެ ކޮންމެ އަތެއްގަޔާއި ފައެއްގައި އިތުރުވެފައި ހުންނަނީ އެންމެ އިނގިއްޔެކެވެ.

ހޮންގްގެ ދެ އަތްތިލަ ---

ހޮންގުގެ ބައްޕަ ޒޮއޫ ޗެންގްލިން ބުނީ، ހޮންގުއަށް ބަނޑުބޮޑުވި ހިސާބުން ތިން ހޮސްޕިޓަލަކަށް ގޮސް ގިނަ ޓެސްޓުތަކެއް ހެދި ކަމަށެވެ. އަދި އޭރު ހެދި ޓެސްޓުތަކުން ހޮންގުގެ އެފަދަ ޑިސްއޯޑާއެއް ނެތްކަމަށް ދެއްކި ކަމަށެވެ.

ނަމަވެސް ހުނާން ޕްރޮވިންސެއްގެ ހޮސްޕިޓަލަކަށް ހޮންގު ވިހެއުމަށް ފަހު ހެދި ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ ދެއްކީ ގޯސްކޮށެވެ. ހޮންގުގެ ވާތު އަތުގައި އަށް އިނގިލި އަދި ކަނާތުގައި ހަތް އިނގިލި އިން އިރު، ކޮންމެ ފައެއްގައި އަށް އިނގިލި ހުރެ އެވެ. އެއްވެސް އަތެއްގައި ބޮޑުވައި އިނގިއްޔެއް ނެތެވެ.

އެކަމުގެ ކަންބޮޑުވުމާ އެކު ހައްލެއް ލިބޭތޯ ޗެންގްލިންގެ ދެމަފިރިންނަށް 12 ހޮސްޕިޓަލަކަށް ދިޔަ އެވެ. ހިތްހަމަޖެހުމެއް ލިބުނީ އޮޕަރޭޝަންތަކެއް ކޮށްގެން އެކަން ރަނގަޅުކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވުމުންނެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ހޮންގްގެ އުމުރުން ހަ މަހާއި 12 މަހާ ދެމެދުގަ އެވެ.

ހޮންގްގެ މަންމަގެ ދެ އަތްތިލަ ---

ފެކްޓަރީ ގަނޑެއްގައި މަސައްކަތްކުރާ އެ ދެމަފިރިންނަށް މިހާރު އޮތް ކަންބޮޑުވުމަކީ އޮޕަރޭޝަނަށްދާނެ ހަރަދެވެ. ހޮންގްގެ އޮޕަރޭޝަންތަކަށް ގާތްގަނޑަކަށް 15،500 ޑޮލަރާއި 17،000 ޑޮލަރު އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެއީ އަތްފޯރާވަރުގެ އަދަދެއް ނޫން ނަމަވެސް ދަރިފުޅުގެ މުސްތަގްބަލަށް ޓަކައި އާއްމު ޗެރިޓީތަކަށް ގޮސްގެން ނަމަވެސް ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި ހޮންގްގެ އޮޕަރޭޝަންތަކަށްދާ ފައިސާ އެއްކުރުމަކީ މިއަދު އެ ދެމަފިރިން އެންމެ ބޮޑު އަމާޒެވެ.

މައުލޫމާތު: ސީއެންއެން، ޓެލެގްރާފް

comment ކޮމެންޓް