ރ.ވާދު ކައުންސިލް އިދާރާގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ ޕްރޮޖެކްޓް ނިންމާލައިފި

ރ. ވާދޫ ކައުންސިލް އިދާރާގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ ވާދޫ ކައުންސިލް

ޔޫއެންޑީޕީގެ ހިލޭ އެހީގެ ދަށުން ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް (ވަފްދު) ޖަމިއްޔާ އާއި ރ.ވާދޫ ކައުންސިލް ގުޅިގެން ވާދޫ ކައުންސިލްގެ އިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމަށް ފެށި ޕްރޮޖެކްޓް ނިންމާލައިފި އެވެ.

ވާދޫ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު ޔާމީން ފައިސަލް ވިދާޅުވީ މިމަހުގެ 3 ވަނަ ދުވަހު ވާދޫ ކައުންސިލްގެ އިދާރާގެ ފުރާޅުގައި ހަރުކުރި 42 ސޯލާ ޕެންލް އިން ޖުމްލަ 10.5 ކިލޯ ވޯޓުގެ ކަރަންޓް އުފައްދާ ކަމަށެވެ. އެގޮތުން މިހާރު ވަނީ ދުވާލުގަޑީގައި ވާދޫ ކައުންސިލްގައި ބޭނުންކުރާ ކަރަންޓު އިރުގެ އަވިން އުފައްދާ ކަރަންޓަށް ބަދަލުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރ. ވާދޫ ކައުންސިލް އިދާރާގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ ވާދޫ ކައުންސިލް

އޭނާ ވިދާޅުވީ ވާދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ކަރަންޓުގެ އިތުރަށް އުފައްދާ ކަރަންޓް ވަނީ ފެނަކަ ކޯޕަރޭޝަންގެ ގްރިޑާ ގުޅާލެވިފައި ކަމަށާއި އެހެންކަމުން ކޮންމެ 20 ދުވަހަކުން 1 ފީފާގެ ޑީސަލް ފެނަކައަށް ސަލާމަތްކުރެވޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ އެންމެހާ ކަންކަން ހިންގުމަށް ޖުމްލަ 70،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް