ރިލޭއިން ފިރިހެން އަދި އަންހެން ޓީމް ވެސް ގައުމީ ރެކޯޑް އާ ކޮށްފި

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ރިލޭ ޓީމްގެ ހަސަން ސާއިދު(މ) ރޭސް ނިންމަނީ --- ސަން ފޮޓޯ: އިމޭޖަސް އެމްވީ/ ހުސެން ސިނާން

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން އަދި ފިރިހެން ރިލޭ ޓިމް ވެސް ގައުމީ ރިކޯޑްއާ ކޮށްފި އެވެ.

ބާރަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ޓީމް ރެކޯޑްއާ ކުރިއިރު އެ ޓީމުގައި ހިމެނޭ ހުސެއިން ހަލީމް އާއި ހަސަން ސާއިދު އާއި އަޒްނީމް އަހުމަދުގެ އިތުރުން ހުސެއިން އިނާޝް ރޭސް ނިއްމާފައި ވަނީ ހަތަރު ވަނައިގަ އެވެ. އަންހެން ޓީމު އެންމެ ފުލުގައި އޮވެ ރޭސް ނިއްމި އިރު އެޓީމުގައި ހިމެނެނީ އަފާ އިސްމާއިލް އާއި ޝަމްހާ އަހުމަދު އާއި މަރިޔަމް މިރުފަތުގެ އިތުރުން ނަޒްރާ ނަޢީމް އެވެ.

ފިރިހެން އެތްލެޓިކްސް ޓީމް ރޭސް ނިންމީ 41.21 ސިކުންތުންނެވެ. މީގެ ކުރިން އެތްލެޓިކްސް ޓީމް ރެކޯޑް ހަދާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 41.36 ސިކުންތުންނެވެ. މި އިވެންޓްގައި ރަންމެޑްލަ ހޯދޯ ސްރީލަންކާ އިންނެވެ.

ސްރީ ލަންކާގައި 2007 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ރާއްޖެ އިން 52:19 ރޭސް ނިއްމައިގެން ހަދާފައިވާ ރެކޯޑް މިއަދު މުގުރާލީ 51:32 ސިކުންތުން ރޭސް ނިއްމައިގެނެވެ. މި ރިކޯޑް މުގުރާލެވިފައި އެ ވަނީ ނުވަ އަހަރު ފަހުން ކަން ވެސް ފާހަގަކޮށްލެވެ އެވެ. މި އިވެންޓުން ވެސް ރަން މެޑަލް ހޯދީ ސްރީލަންކާ އެވެ.

comment ކޮމެންޓް