ދޫވެހި ކުރިމައްޗަށް "ޑޮލަރު ކުނި" އެޅި މައްސަލާގައި އިވާ އާއި މަހުލޫފް އީޕީއޭ އަށް ހާޒިރުވާން އަންގައިފި

މަހުލޫފާއި އީވާ، ރައީސް ޔާމީންގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އަޅަނީ ----

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހާޒިރުވާން އަންގައިފިއެވެ.

މަހުލޫފް މިރޭ ސަން އަށް ވިދާޅުވީ އީޕީއޭ އިން އެ ދެ ބޭފުޅުންނަށް އަންގާފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ހާޒިރުވުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އަޅާފައި ----

އީޕީއޭ އިން އެ ދެ ބޭފުޅުނަށް މިއަދު ހަވާލުކުރި ސުލިޕްގައި ވަނީ ކުނިމެނޭޖް ކުރުމާ ބެހޭ ގަވާއިދާ ޚިލާފަށް ގ. ދޫވެހި ކުރިމަތިން އަލިކިލޭގެފާނުމަގަށް ކުނި އަޅާފައިވާތީ އެ އެޖެންސީއަށް ހާޒިރުވާން އަންގާ ކަމަށެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ގާވާއިދުގައި ބުނެފައިވާގޮތުން މަގުމައްޗަށް ކުނިއަޅައިފިނަމަ އެކަމުގެ އަދަބަކީ ފަސް ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައީސް ޔާމީންގެ ފޮޓޯ ހިމަނައިގެން ޑޮލަރު ގޮތަށް ޕްރިންޓުކޮށްފައިވާ ކަރުދާސްތަކެއް، އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ. ދޫވެހި ކުރިމައްޗަށް އަޅަނީ ----

comment ކޮމެންޓް