އައްޑޫ ސިޓީ ކައުންސިލަރަކު ޕީޕީއެމަށް ސޮއި ކުރައްވައިފި

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަލީ މުހައްމަދު ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވީ މިރޭ ފަށާ "އިސްމެހެލެ ހެރާ" ޕްރޮޖެކްޓް ފެށިގެންދާތީ ވަރަށް ބޮޑަށް އުފާވާ ކަމަށާއި އަދި މި ޕްރޮޖެކްޓް ފެނުމުން އެހެންތަނެއްގައި ހުނަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ސަރުކާރު ވައްޓާލަން ރައްޔިތުން ހޮވި މީހެއް ކަމަށް،" އަލީ މުހައްމަދު ވިދާޅުވި އެވެ.

މިހާރު ފެނިގެން ދަނީ ކައުންސިލްތަކުން ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރާތަން ކަމަށް ވިދާޅުވި އެވެ.

ރީތި އަޙުލާގުގެ ތެރެއިން ކައުންސިލްތަކުން އަމަލުކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ކައުންސިލްތަކުން ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަން ނުޖެހޭ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. އަދި މި ސަރުކާރާއި ގުޅިގެން އައްޑޫ ސިޓީ ތަރައްގީ ކުރުމުގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް