ދެ ރުފިޔާ ފައިސާ ފޮތި ލުއިކުރަނީ

އަލަށް ތައާރަފްކުރާ ފަސް ރުފިޔާ އާއި މިހާރު ބޭނުން ކުރާ ދެ ރުފިޔާގެ ބަދަލުގައި ލުއި ރުފިޔާތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ އޮތޯރިޓީގެ ވިސްނުން ހުރީ އަލަށް ތައްޔާރުކުރާ ފަސް ރުފިޔާ އާއި މިހާރު ބޭނުންކުރާ ސްޓޮކް ހުސްވުމުން ދެން އަލަށް އުފައްދާ ދެ ރުފިޔާގެ ފައިސާ ފޮތިތައް ހުންނާނީ ލުއިކޮށް ކަމަށެވެ.

"ކޮއިން ބަރުކޮށް ބެހެއްޓުމުގެ ވިސްނުމެއް އެމްއެމްއޭ އިން ނުގެންގުޅޭ، އެމްއެމްއޭ އިން ބޭނުން ވަނީ ދެ ރުފިޔާ ވެސް ލުއިކުރަން،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ. "އެއް ރުފިޔާގެ ސްޓޮކް އަޅުގަނޑުމެންގެ އަތުގައި އެބަ ހުރި، އެހެންކަމުން މިހާރު އަޅުގަނޑުމެން މިހާރު ގިނައިން ދެނީ ވެސް އެއް ރުފިޔާގެ ކޮއިން،"

ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާ ފޮތިތަކެއް ތައާރަފް ކުރުމަށް ގަވަރުނަރު ޑރ. އަޒީމާ އާދަމް މިހާރު ވަނީ ނިންމަވައި އިއުލާންކޮށްފަ އެވެ. ގަވަރުނަރު ވިދާޅުވީ ފަސް ރުފިޔާ އުވާލަން ނިންމީ އެއީ މިހާރު މާރުކުރާ ނޫޓަކަށް ވުމުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު