ރީފްސައިޑުގެ އާ ޝޯރޫމް ހުންނަނީ ފަރީދީމަގު ލެމަންގްރާސް ކައިރީގަ އެވެ. އެ ތަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝޯރޫމް ހުޅުވައިދެއްވީ ރީފްސައިޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރާއި ވާޕޫލް ކޯޕަރޭޝަންގެ ސީނިއާ ޑިރެކްޓަރު އިންދްރާނިލް ސިންހަ އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ރީފްސައިޑު އިލެކްޓްރޯނިކްސް ގެ އާ ޝޯރޫމް ހުޅުވައިދެއްވަނީ ----- ސަން ފޮޓޯ/ އަލީ ނަސީރު
ރީފްސައިޑުން މިރޭ ހުޅުވި އާ ޝޯރޫމްގައި ދުނިޔޭގެ ބާޒާރުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކުގެ ޓީވީ އާއި ދޮންނަ މެޝިނުގެ އިތުރުން އައިސް އަލަމާރި އަދި ފްރިޖާއި އަވަން ފަދަ ތަކެތި ހެޔޮ އަގެއްގައި އެއް އަހަރުގެ ވޮރެންޓީއާ އެކު ލިބެން ހުންނާނެ އެވެ.އެގޮތުން ވާޕޫލް ބްރޭންޑުގެ ދެ ދޮރުފަތްލީ އައިސް އަލަމާރީގެ ނުވަ ސައިޒެއް 3000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރި އިރު ތިން ދޮރުފަލްތީ އައިސް އަލަމާރީގެ ހަތަރު ސައިޒެއް 6000 ރުފިޔާ އާއި 9500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. އެއިން ކޮންމެ އުފެއްދުމަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީ ދޭނެ ކަމަށް ރީފްސައިޑުން ބުންޏެވެ.
އޭގެ އިތުރުން ވާޕޫލް ބްރޭންޑްގެ ދޮންނަ މެޝިން 3900 ރުފިޔާ އާއި 6500 ރުފިޔާއާއި ދެމެދުގެ އަގެއްގައި ހަ ސައިޒަކުން ލިބެން ހުރިއިރު އައިސްކިއުބް އަދި އައިސް އުފައްދާ މެޝިނާއި ވޯޓާ ހީޓަރުގެ ތިން މޮޑެލެއް ލިބެން ހުންނާނެ އެވެ. އަދި މައިކްރޯވޭވާއި އަވަން ގޮތައް ވަކިވަކިން ބޭނުންކުރެވޭ އަވަނެއްގެ ހަތަރު މޮޑެލްއެއް ރީފްސައިޑު އިލެކްޓްރޯނިކްސް ފިހާރައިން ލިބެން ހުންނާނެ އެވެ.
ސޮނީ ކުންފުނީގެ ރާއްޖޭގެ ފުރަތަމަ ޑިސްޓްރިބިއުޓަރު ކަމަށްވާ ރީފްސައިޑުން ދަނީ އެ ކުންފުނިން މިރޭ އަލަށް ހުޅުވި ޝޯރޫމްގައި ތަފާތު ސައިޒުތަކުގެ ސޮނީ ޓީވީވެސް ވިއްކަމުންނެވެ. އެގޮތުން ސޮނީ ބްރާވިއާގެ ހަތަރު ސައިޒެއްގެ ޓީވީ ހާއްސަ އަގުތަކެއްގައި ލިބެންހުރި އިރު ހައިސެންސް ބްރޭންޑްގެ ހަތަރު މޮޑެލްއަކާއި ޕީއެސްފޯ ވެސް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ރީފްސައިޑުން ބުންޏެވެ.
އެ ފިހާރައިގައި ވެސް ރީފްސައިޑުން ދާދިފަހުން ފަށާފައިވާ "މެގަ ސޭލް" ކުރިއަށްދާނެ އެވެ. އެ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ފްރިޖެއް ލިބޭއިރު ދެވަނަ އިނާމަކަށް އޮޓޯ ދޮންނަމެޝިނެއް ލިބޭނެ އެވެ. ރީފްސައިޑް އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ބައިވެރިވެވޭ އެ ޕްރޮމޯޝަންގެ ތިންވަނަ އިނާމަކީ އަވަނެކެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.