ޣައްޒާ ރައްޔިތުންނަށް އެހީވާ ފަންޑު ފޮށި ކައިރިއަށް ރައީސް ނަޝީދު ޒިޔާރަތް ކުރައްވައިފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މާލޭގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއްގެ ކައިރިއަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ޒިޔާރަތްކުރައްވައިފި އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި ބަހައްޓާފައިވާ ފަންޑުފޮށި ކައިރިއަށް ރައީސް ނަޝީދު ޒިޔާރަތްކުރެއްވީ މިހަފްތާގެ ތެރޭގަ އެވެ.

އެ ފަންޑު ފޮށި ކައިރިއަށް ޒިޔާރަތްކުރައްވައި ރައީސް ނަޝީދު ވަނީ އެފަންޑުގެ ކަންތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ. އަދި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ޣައްޒާގެ ރައްޔިތުން ދިރިއުޅުން ހޭދަކުރަމުންދާ ގޮތާ ބެހޭ ފަހުގެ މައުލޫމާތު އެމަނިކުފާނަށް ހިއްސާ ކުރައްވާފަ އެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކޮންމެވެސް ކޮތަކަށް އެފަރާތްތަކަށް ގުޅުއްވާނެ ކަމަށެވެ.

"އާދެ. އާދެ. އެހެންވީމަ އަޅުގަނޑު ކޮންމެވެސް ގޮތަކަށް ތިބޭފުޅުންނަށް ގުޅާނަން. އަޅުގަނޑު ރުގިއްޔާ އަށް ދަންނަވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ޣައްޒާ ފަންޑު ފޮށި ކައިރިއަށް ޒިޔާރަތްކުރެއްވި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު