އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ހެދި މީހާގެ ބަންދަށް 15 ދުވަސް

ފުލުހަކު މަގުމަތީގައި: ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނު ފިރިހެނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓިކްޓޮކްގައި އަންހެނުން ހެދުން އަޅާހެން ހެނދުން އަޅައިގެން ނިވައިކަން ކުޑަ ވީޑިއޯތައް އާންމުކުރަމުންދިޔަ ދިވެހި ފިރިހެނެއްގެ ބަންދަށް މިއަދު 15 ދުވަސް ދީފިއެވެ.

އެ މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ އިޖުތިމާއީ މިންގަނޑާ ޚިލާފަށް، އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ އާންމުކުރަމުން ދާތީކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/191558

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޓިކްޓޮކްގައި އާންމުވެފައިވާއިރު، މީގެ ކުރިން ވެެސް މިފަދައިން އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފިރިހެނަކު އަންހެން ހެދުން އަޅުމަކީ ދީނީ ގޮތުންނާއި، ގާނޫނީ ގޮތުން ވެސް ކުށެކެވެ.

comment ކޮމެންޓް