ގޫގުލްއިން އޭއައި ޓްރެއިނިން ކޯހެއް ތައާރަފުކޮށްފި

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި --

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޒަރޫރީ ހުނަރުތަކަށް ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިން ތަމްރީނު ކުރުމުގެ މަގްސަދުގައި ގޫގުލް އިން އާ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

"ގޫގުލް އޭއައި އެސެންޝަލްސް"ގެ ނަމުގައި އާ އޮންލައިން ކޯހެއް ތަޢާރަފްކޮށްފައިވާއިރު، އެކޯހަކާއެކު ގޫގުލްއިންވަނީ 75 މިލިއަން ޑޮލަރުގެ ފަންޑެއް ވެސް ތަޢާރަފުކޮށްފައެވެ.

އޮންލައިން ލާނިން ޕްލެޓްފޯމް ކޯސްއެރާ މެދުވެރިކޮށް ކުރިއަށް ގެންދާ ގޫގުލް އޭއައި އެސެންޝަލްސް ކޯހަކީ އެ ކުންފުނީގެ އަމިއްލަ އޭއައި ތަޖުރިބާކާރުން ޑިޒައިންކޮށް ކިޔަވައިދޭ ކޯހެކެވެ.

ގާތްގަނޑަކަށް 10 ގަޑިއިރުގެ މި ކަރިކިއުލަމްގައި އޭއައި ފަންޑަމެންޓަލްސް އާއި ޖެނެރޭޓިވް އޭއައި ޒިންމާދާރުކަމާއެކު ބޭނުންކުރުމުގެ ބެސްޓް ޕްރެކްޓިސްތަކާއި ހޭންޑްސް އޮން އެކްސްޕީރިއަންސް އާއި ލިޔުމުގެ ޕްރޮމްޕްޓްތަކާއި ބަޔަސް ނުވަތަ އޭއައިގެ ސަބަބުން ދިމާވެދާނެ ގެއްލުންތައް ދެނެގަތުން ހިމެނެއެވެ.

ކޯސްފީއެއްގެ ގޮތުގައި 49 ޑޮލަރު ހަމަޖައްސާފައިވާ އޮންލައިން މި ކޯސް ފުރިހަމަކުރުމުން ގޫގުލްއިން ޑިޖިޓަލް ސެޓްފިކެޓެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ބޭސްލައިން އޭއައި ޓްރެއިނިންއަށް ވަނުމުގެ ފުރުސަތު އެންމެންނަށްވެސް ފުޅާކުރުމުގެ ގޮތުން ގޫގުލް އިން ވަނީ 75 މިލިއަން ޑޮލަރުގެ އޭއައި އޮޕަޗުނިޓީ ފަންޑު އެ ކުންފުނީގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޕްލެޓްފޯމް ގޫގުލް.އޯގް މެދުވެރިކޮށް ތައާރަފުކޮށްފައެވެ.

މި ފަންޑުގެ ދަށުން ވޯކްފޯސް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންތަކާއި ކޮލެޖްތަކާއި އަމިއްލަ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު މުޖުތަމައުތަކަށް ހިލޭ އޭއައި އެސެންޝަލްސް ކޯސް ކުރިއަށް ގެންދިއުމަށެވެ.

ގޫގުލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ޓެކްނޮލޮޖީ އެންޑް ސޮސައިޓީ ޖޭމްސް މަނިކާ ވިދާޅުވި ގޮތުގައި އޭއައިގެ ސަބަބުން އިގްތިސާދީ ދުވެލި ހަލުވިކުރުމަށް މުހިންމު ފުރުސަތުތަކެއް ލިބިގެންދެއެވެ.

"ގޫގުލް.އޯގްގެ އާ އޭއައި އޮޕަޗުނިޓީ ފަންޑާއި ގޫގުލްގެ އޭއައި އެސެންޝަލްސް ކޯހަކީ ކޮންމެ މީހަކަށް ވެސް އޭއައި ޓްރެއިނިންއަށް ވަދެވޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމުން އަންދާޒާކުރާ ގޮތުގައި އަދުގެ ދުނިޔޭގެ މަސައްކަތު މީހުންގެ ތެރެއިން އެކަށީގެންވާ އޭއައި ސްކިލްސް ޓްރެއިނިން ލިބެން ހުރީ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށެވެ.

މި އާ ޕްރޮގްރާމުގެ ޒަރިއްޔާއިން އޮޓޮމެޓިކް އިންޓެލިޖެންސް ތަޖުރިބާ ފުޅާކޮށް، ގޫގުލް އިން އުއްމީދު ކުރަނީ އެ ފަރަގު ކުޑަކޮށް، ހުރިހާ އިންޑަސްޓްރީއެއްގައި ވެސް އޭއައިގެ ގާބިލުކަން ބޭނުންކުރުމަށް އިތުރު މަސައްކަތްތެރިން ތައްޔާރުކުރެވޭނެ ކަމަށެވެ.

ގޫގުލްގެ އޭއައި އެސެންޝަލްސް ކޯހާއި އޮޕަޗުނިޓީ ފަންޑުން ގޫގުލްގެ އޭއައިގައި ޓްރެއިނިން ފުޅާކުރަނީ މިދިޔަ އަހަރު ތައާރަފުކުރި ބަޔަސް ޓްރެއިނިންގެ ބަދަލުގައި ކަމަށް ގޫގުލްއިން ބުނެއެވެ.

comment ކޮމެންޓް