މަސްތުވާތަކެތި ބުލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ދެރަވެ، އައިސީޔުގައި ފަރުވާދެނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން "ސަން"އަށް ބުނީ އެ މީހާއަކީ މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.

އެ މީހާގެ އާއިލާއަށް އޭނާގެ ހާލަތާ ގުޅޭ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ފޮރުވުމަށް ޓަކައި ދިރުވާލައިގެން، ހަށިގަނޑުގެ ތެރޭގައި ފޮރުވުމުގެ ގިނަ މައްސަލަތަކެއް ފުލުހުން ބަލައެވެ. އެގޮތުން އެފަދަ ގޮތަކަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް ވެސް ފާހަގަވެފައިވެއެވެ.

comment ކޮމެންޓް