ޓެޑްރީގެ ލަސްވިޔަސް ޕްރިމިއާ ކޮށްފި

ލަސްވިޔަސް ޕްރިމިއާ އިވެންޓުގެ ތެރެއިން --- ފޮޓޯ : ރިޒްނާ އަހްމަދު

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ދިގު އިންތިޒާރަކަށް ފަހު އެންމެފަހުންް އާ ފިލްމު "ލަސްވިޔަސް" ޕްރިމިއާ ކޮށްފިއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ފެނިގެންދާ މި ބޮޑު ޕްރޮޖެކްޓު ރޭގައި ޕްރިމިއާ ކޮށްފައިވަނީ އޮލިމްޕަހުގައެވެ. ފިލްމު ޕްރިމިއާ ފިލްމުގެ ކާސްޓުންނާއި ކްރޫއިން ގޮސްފައިވާއިރު ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވެސް ވަނީ ގޮސްފައެވެ.

ލަސްވިޔަސް ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޓީޒަރެއް އިއުލާނު ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު ފިލްމު ނެރޭނެ ދުވަހަކާ ގުޅޭގޮތުން އެތައް ފޭނުންނެއް ތިބީ ކެތްމަދުވެފައެވެ. މިއޮތީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

"ލަސްވިޔަސް" ފިލްމާ ބެހޭގޮތުން ޓެޑްރީ "ސަން" އަށް މައުލޫމާތު ދެނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. "ލަސްވިޔަސް" އަކީ ޓެޑްރީގެ ތިންވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. އޭނާގެ އެންެމ ފަހުގެ ފިލްމަށްފަހު ލަސްވިޔަސް ރިލީޒްކޮށްފައި މިވަނީ 30 އަހަރު ފަހުންނެވެ.

comment ކޮމެންޓް