3 ދުވަހުން 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ތިން ދުވަހުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުން 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މިކަން ހިއްސާކުރައްވައި ހޯމް މިނިސްޓަރު އަލީ އިހްސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ތިން ދުވަހުގެ ތެރޭގައި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުން 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަަމަށެވެ.

ނަމަވެސް މި ތަކެއްޗާ ގުޅުން ހުރި އިތުރު ތަފްސީލު ހާމަކުރައްވައިފައެއް ނުވެއެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަތުލާގަނެފައިވާ މަސްތުވާތަކެތީގެ އަގު 22 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑު މި އަޒުމް ކަނޑައަޅަނީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަޚުރުވެރިވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

މިކަމާ ގުޅިގެން ކަސްތަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނ،ީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް