ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

ޓައިވާނަށް އައި ބިންހެލުމާގުޅިގެން ހޫއަލިއެން ސިޓީގެ އިމާރާތެއް އަރިއަޅައިލައިފައި. ފޮޓޯ/ދަ ނިއު ޔޯކު ޓައިމްސް

ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް 7.4 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުމާގުޅިގެން މިހާރު ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި އެ ބިންހެލުމުގެ އައިސްފައި ވަނީ ޓައިވާންގެ ހޫއަލިއެން ސިޓީގެ ދެކުނުން ގާތްގަނޑަކަށް 18 ކިލޯމީޓަރު ދުރަށެވެ.

މިއީ ގާތްގަޑަކަށް 25 އަހަރު ފަހުން ޓައިވާނަށް އައި އެންމެ ވަރުގަދަ ބިންހެލުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރީގެ ބޮޑެތި ސަރަހައްދުތަކަށް ތިން މީޓަރުގެ އުސްމިނަށް ސުނާމީ ރާޅުތައް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނެފައިވަނީ ޗައިނާގެ އިރުދެކުނު ފުޖިއަން ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް ބިންހެލުންތައް އިހުސާސް ކުރެވިފައިވާ ކަމަށެވެ.

މީގެ 25 އަހަރު ކުރިން 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 7.6 މެގްނިޓިއުޑްގެ ބާރު މިނުގައި ޓައިވާނަށް އައި ބިންހެލުމުގައި 2400 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް