''ފުރޭތަ''އަށް އަދިވެސް ތައުރީފު އޮހެނީ

ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ފިލްމު "ފުރޭތަ"އަށް އާންމުންގެ ތެރޭގައި އަދިވެސް ބޮޑު މަގުބޫލު ކަމެއް ލިބެމުން އެބަދެއެވެ.

ޑާކްރެއިންއިން މިއަހަރު ދައްކާ ފުރަތަމަ ފިލްމުގެ ގޮތުގައި އާންމުކުރި ފިލްމު "ފުރޭތަ" ޕްރިމިއާ ކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއަށް ފަހު ފިލްމަށް ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް މި މަގުބޫލުކަން ވެފައިވަނީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ވެސް ބޮޑެވެ.

ފިލްމު އަޅުވައި އޮލިމްޕަހުން ނަގާ މުއްދަތު ކައިރިވާން ފަށާފައިވާއިވާއިރު ފިލްމަށް އޮހެމުންދާ ތަރުހީބަކަށް ހުއްޓުމެއް ނެތެވެ. އާންމުންގެ ރިވިއުތައް އަދިވެސް ފިލްމަށް ލިބެމުން އަންނަނީ މައިގަނޑު ގޮތެއްގައި ވަރަށް ޕޮޒިޓިވް ކޮށެވެ.

"ރިވެންޖު" ފިލްމެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ މި ފިލްމާ ގުޅޭގޮތުން ބައެއް ބެލުންތެރިން ބުނަމުން އަންނަނީ މިހާތަނަށް ބެލި އެންމެ ކަމުދާ ދިވެހި ފިލްމު ކަމުގައެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ފަހުގެ ތާރީހެއްގައި ދިވެހި ސިނަމާއިން ބަލާލެވުނު އެންމެ ތަފާތު އެއް ފިލްމެވެ. އަދި މިފަދަ އިތުރު ފިލްމުތަކަށް އިންތިޒާރު ކުރާނެ ކަމަށް ބެލުންެތެރިން ބުނަމުން ދެއެވެ.

https://www.instagram.com/p/C42Df5gLGDn

މި ފިލްމުގައި ރާއްޖޭގެ އިޖުތިމާއީ ހާލަތަށް ވަރަށް ސާފުގޮތެއްގައި އަލި އަޅުވާލާފައިވާ ކަމަށް ބުނެ ބެލުންތެރިން އެކަން ވަރަށް ބޮޑަށް ވަނީ ބަލައިގަނެފައެވެ.

https://www.instagram.com/p/C42B27GLcxE

މި ފިލްމުގައި ލީޑުން ފެންނަނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

ރޭގަނޑު 2200 ގައި ފިލްމުގެ ޝޯތައް ދައްކަމުން އަންނައިރު އާ ޝޯތަކަށް ޓިކެޓު ދޫކުރަމުންދާ ކަމަށް ޑާކްރެއިންއިން ބުނެއެވެ. އަދި، އަންނަ މަހުގެ ކުރީކޮޅުގެ ނިޔަލަށް މި ފިލްމު އޮލިމްޕަހުގައި އަޅުވާނެއެވެ.

comment ކޮމެންޓް