ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް އަނެއްކާވެސް ފިންލޭންޑް

ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް ފިންލޭންޑް -- ފޮޓޯ/ވޯލްޑް އިކޮނޮމިކް ފޯރަމް

ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް އަނެއްކާވެސް ފިންލޭންޑް ހޮވިއްޖެއެވެ.

މިއީ އެ ގައުމަށް އެ މަގާމު ލިބޭ ހަތްވަނަ އަހަރެވެ.

ވޯލްޑް ހެޕިނެސް ރިޕޯޓުން އެންމެ އުފާވެރި ގައުމުތަކުގެ ރޭންކިން މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާއިރު، ލިސްޓުގެ ކުރީގައި އުޅެނީ ޔޫރަޕްގެ ގައުމުތަކެވެ.

އދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކުން ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބަރޯސާވެފައިވަނީ ދުނިޔޭގެ މަޝްހޫރު ބައެއް ސައިންސްވެރިން ގާއިމުކޮށްފައިވާ ގެލަޕް ވޯލްޑް ޕޯލްގެ މައުލޫމާތަކަށެވެ.

ލިސްޓުގެ އެންމެ ކުރިއަށް ފިންލޭންޑް އެރިއިރު، ދެވަނަގައި އޮތީ ޑެންމާކެވެ.

މިދިޔަ އަހަރު ލިސްޓުގެ އެންމެ ފަހު ގައުމަކަށް އޮތް އަފްޣާނިސްތާނުގައި އެވަރޭޖްކޮށް އުފާވެރި މީހުން އުޅޭ މިންވަރު ވަނީ އިތުރަށް ދަށްވެފައެވެ. އެމެރިކާ ވެސް ވަނީ މި އަހަރުގެ ގަދަ 20 އިން ކަޓައިފައެވެ.

ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ ގަދަ 10 ގައި އުޅޭ ގައުމުތަކަކީ، ފިންލޭންޑް، ޑެންމާކު، އައިސްލޭންޑް، ސްވިޑެން، އިސްރާއީލު، ނެދަލޭންޑްސް، ނޯވޭ، ލަކްސަމްބާގް، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއެވެ.

comment ކޮމެންޓް