ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހު ވެސް އެތައް ހަދިޔާތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށް ޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައެވެ.
މީގެ ތެރޭގައި އެންމެ ޚާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯއެވެ. މީގެ އިތުރުން ޕީއެސް-5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރު ހިމެނެއެވެ.
ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް ހިމެނެއެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެއެވެ.
ހަދިޔާ ފޮށީގައި ބައިވެރިވުމަށް، އުރީދޫ ސުޕަރއެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ.
މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެއެވެ. ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ.
ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެން ދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށީގައި ބައިވެރިވެވޭނެއެވެ.
އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެއެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.
ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެއެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެންދާނެއެވެ.
ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަރުބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފްތާއެއްގައި ލީޑަރުބޯޑުގެ އެންމެ ކުރީގައިވާ 3 ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބިގެންދާނެއެވެ.