ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ޚާއްޞަ އޮފާތަކެއް އިއުލާނުކޮށްފިއެވެ.
އުރީދޫއިން ބުނީ މިއީ ކަސްޓަމަރުން މިއީދުގައި ރައްޓެހިންނާއި އާޢިލާއާ ގުޅުންބަދަހި ކުރަން ފަސޭހަކޮށްދިނުމަށް އެ ކުންފުނިން ތައްޔާރުކޮށްފައިވާ ހަދިޔާއެއް ކަމަށެވެ.
އުރީދޫއިން ބުނީ އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި ފަސް ޖީބީ ޑޭޓާ ދެ ދުވަހަށް ލިބޭނެ ކަމަށެވެ. އެ ޕެކްގެ އަގަކީ 50 ރުފިޔާއެވެ.
މީގެ އިތުރުން އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100 ޖީބީ ލިބުމުގެ އިތުރުން އުރީދޫގެ ނަންމަބަރުތަކަށް ހިލޭ ގުޅޭނެއެވެ. ކަސްޓަމަރުންނަށް މި ޕެކް ތިން ދުވަހަށް 100 ރުފިޔާއަށް ނުވަތަ ފަސް ދުވަހަށް، 150 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެއެވެ.
ހަމަ މިއާއެކު، އުރީދޫގެ "ގިފްޓް އަ ޕެކް" މެދުވެރިކޮށް ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރެވޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވުމުން އެއް ޖީބީ ހިލޭ ލިބޭނެކެމަށް ވެސް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ މި ހުރިހާ އޮފާތަކެއްވެސް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށެވެ.