ރޭ އެކަނި 40 އުޅަނދު ޓޯކޮށްފި

ގަވާއިދާ ޚިލާފަށް މަގުތަކުގައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން: ރޭ އެކަނި 40 އުޅަނދު ވަނީ ޓޯކޮށްފައި --- ފޮޓޯ/ފުލުހުން

މާލެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 40 އުޅަނދު ރޭ އެކަނި ވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ވަނީ ބޮއްސުންލައިފައެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރު ޕާކުކުރުމާއި މާލޭގެ ހަނި ގޯޅިތަކުން އުޅަނދު ނުދުއްވޭގޮތަށް ސައިކަލުތައް ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެހެންވެ، ފުލުހުން މި މަހު ތިންވަނަ ދުވަހު ވަނީ އަނެއްކާ ވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަން އިއުލާނުކޮށްފައެވެ.

އެގޮތުން ފުލުހުން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފަހުރި 15 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.

ރޭ ޖުމްލަ 40 އުޅަނދު މާލެއިން ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

https://sun.mv/189495

މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް