އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއެކު، ރަމަޟާން މަހުގެ ތަހުނިޔާ ރައީސް އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފައިވާ ކަމަށެވެ.

އިސްލާމީ ގައުމުތަކަށް ރައީސް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ޤައުމުތަކުގެ ވެރިންނަށާއި، އެންމެހައި އަޚުންނާއި އުޚުތުންނަށް މި މައްސަރުގެ ހެޔޮ އެދުންތައް ފޮނުވައިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އަދި މި ރަމަޟާން މަހަކީ ޤައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަން ވެސް ފާހަގަ ކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރޭ ހަނދު ފެނުމާ އެކު އިސްލާމީ ގިނަ ގައުމަތަކަށް މިއަދަކީ މުލަ ރޯދަ ދުވަހެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ވެސް ހިމެނެއެވެ.

އިސްލާމީ ގިނަ ގައުމުތަކުން މިއަދު މުލަ ރޯދަ ދުވަސް ފާހަގަ ކުރަމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އެންމެހާ ރައްޔިތުންނެވެ. ރޯދަމަހާ ދިމާކޮށް އިސްރާއީލުން ކޮންމެ އަހަރަކުވެސް ފަލަސްތީނަށް ދޭ ހަމަލާތައް ވަރުގަދަ ކުރެއެވެ.

comment ކޮމެންޓް