މި ރޯދަމަހު ވެސް އުރީދޫގެ ފަރާތުން ކަސްޓަމަރުންނަށް ހަދިޔާ ފޮށި

އޫރީދޫ މޯލްޑިވްސްގެ އާ އޮފީސް އިމާރާތް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިދިޔަ އަހަރު އުރީދޫން ތައާރަފު ކުރި ހަދިޔާ ފޮށީގައި މިއަހަރު ވެސް ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރު، މޮބައިލް ފޯނު، ޕީއެސް5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

ރޯދައަށް އުރީދޫން ތައާރަފު ކުރާ ޕެކޭޖްތަކުގެ ތެރޭގައި:

  • ރޯދަ ހަދިޔާ: 500 ރުފިޔާއިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސަންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެރިވެވޭނެއެވެ.
  • ގިފްޓް އަ ޕެކް: ރޯދަ މަހުގެ ތެރޭގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.
  • ސުޕަނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަނެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ޚާއްޞަ އިނާމެއް ލިބޭނެއެވެ. ކޮންމެ ހަފުތާއަކު ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަންއިން ނަސީބުވެރިން ހޮވާނެއެވެ.
  • އިފްތާރު ޕެކް ހަދިޔާ ކުރުން: އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއެކު މިސްކިތްތަކަށެވެ.
  • ޕްރޭޔާ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެއެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެއެވެ.
  • ފިތުރު ޒަކާތް: އެމް ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރޭވިފައި ވަކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްއިން މިރޯދަމަހު ވަނީ "އިސްރަށްވެހިންނާއެކު" ގެ ނަމުގައި ސީއެސްއާރު ޕްރޮގްރާމެއް ތައާރަފު ކޮށްފައެވެ. މި ޕްރޮގްރާމްގެ އެކި ހަރަކާތްތައް މުޅި އަހަރަށް ބަހާލެވޭނެއެވެ.

މިރޯދަމަހު އުރީދޫން އިތުރަށް ކުރުމަށް ރާވާފައިވާ ކަންތަކުގެ ތެރޭގައި:

  • އިސްރަށްވެހިންނާއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއެކު ރޯދަވީއްލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވޭނެއެވެ.
  • ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެއެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.
  • އަތޮޅު ދުވުން: ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް