މާދަމާ އިން ފެށިގެން ހުޅުމާލެ ފޭސް 1 ފްލެޓުތަކުގެ ކުލި ކުޑަކުރަނީ

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއް: އެފުލެޓުތަކުގެ ކުލި މާދަމާއިން ފެށިގެން ކުޑަވާނެ ކަމަށް އެޗްޑީސީއިން ބުނޭ --- ފޮޓޯ: ހައުސިން މިނިސްޓްރީ

ހުޅުމާލޭ ފުރަތަމަ ފޭސްގެ ފުލެޓްތަކުގެ މަހު ކުލި 20 ޕަސެންޓާ ހަމައަށް މާދަމާއިން ފެށިގެން ކުޑަކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

އެޗްޑީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ14" ގެ މަގު ޗާޓްގެ ދަށުން، ފޭސް އެކެއްގެ ފްލެޓުަތަކުގެ ކުލިން މަހަކު 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޑިސްކައުންޓް ދޭނީ މެއިންޓެނަންސް ފީ ނުހިމެނޭ ގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ފޭސް އެކެއްގެ ފްލެޓިތަކުގެ އަގުކުޑަ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގައި ހިމެނޭ ކަމެކެވެ.

ރައްޔިތުން ކުލި ދައްކަނީ ވަރަށް ހާލުގައި ކަމަށާއި، އެ ކަމަށް ސަރުކާރުން އެހީތެރިކަން ދޭން ބޭނުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އެ ފްލެޓުތަކުގެ ކުލިން އުނިކުރާ 20 ޕަސެޓް މެނޭޖުކުރާނީ ސަރުކާރުން ކަމަށާއި، ރައްޔިތުން އެކަމާއި ކަންބޮޑުވާން ނުޖެހޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

https://www.sun.mv/187010

މީގެ ކުރިން ސަރުކާރުން ވަނީ އެ ފްލެޓްތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާތައް ވެސް މައާފު ކޮށްދީފައެވެ.

comment ކޮމެންޓް