އެންމެނަށް ކަމުދަނީ މި ކްރޮސް ބޮޑީ ދަބަސް

ޔުނިކްލޯގެ ކްރޮސް ބޮޑީ ދަބަސް މިވަނީ ޓިކްޓޮކް އާއި ސޯޝަލް މީޑިއާގައި ވައިރަލް ވެފައި

އަތްދަބަހަކީ އަޅާ ހެދުމާ ޑިޒައިންގެ ގޮތުން ގުޅުމުގެ އިތުރުން އެތައް މަގުސަދެއް ހާސިލުކޮށްދޭ އެއްޗެކެވެ. އަތްދަބަހުގެ ޑިޒައިންތަކަށް ބޮޑެތި ބަދަލުތައް އައިސްފައިވެއެވެ. މި ދުވަސްވަރު އެންމެން ދައްކަނީ އެއް ވައްތަރެއްގެ ދަބަހެއްގެ ވާހަކައެކެވެ. އެއީ ވެޖެއްހެން އިންނަ ކްރޮސް ބޮޑީ ދަބަހެއްގެ ވާހަކައެވެ.

ޓިކްޓޮކްގައި ވެސް އެންމެން ދައްކަނީ މި ދަބަހުގެ ވާހަކައެވެ. ޖަޕާނުގެ މަޝްހޫރު ފެޝަން ބްރޭންޑް ކަމަށްވާ "ޔުނިކްލޯ"އިން އުފެދިގެން އައި ކްރޮސް ބޮޑީ މި ދަބަހަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ ދަބަހެކެވެ.

ދަބަހުގެ އަގަކީ އަތް ފޯރާ ފަށުގައި ހުރި އެއްޗަކަށް ވުމުން އެތައް ބަޔަކަށް މި ކަމުދިޔައެވެ. ކޮނޑުގައި އަޅުވާލައިގެން ގެންގުޅޭ މި ދަބަހަކީ ބޭނުން ކުލައަކުން ލިބެން ހުންނަ ދަބަހެކެވެ. ނަތީޖާއަކަށް ވެފައިވަނީ އެކި ކަހަލަ އައުޓްފިޓްތަކަށް ވެސް ދަބަސް ބޭނުން ކޮށްލެވޭ ގޮތްތައް ހެދުމެވެ.

އަޅާލަން ރީތި މި ދަބަސް ބަލައިލަން މާ ބޮޑު ނުވި ނަމަވެސް މިއީ ގިނަ އެއްޗެހި އަޅައިގެން ގެންގުޅެވޭ ދަބަހެކެވެ. އެހެންވީމާ ގެއިން ބޭރަށް ދާއިރު ހުރިހާ ބޭނުންވާ އެއްޗެހި ތަކެއް މި ދަބަހަށް އަޅައިލެވޭތީ ފަސޭހަ ވާނެއެވެ. ކެޝުއަލް އަދި ކެޝުއަލް ސްމާޓް ހާލަތްތަކުގައި ވެސް މި ބޭނުން ކޮށްލެވޭތީ ޒުވާނުންގެ މެދުގައި މިއަށް އޮތް މަގުބޫލުކަން އިތުރެވެ.

ޔުނިކްލޯ ދަބަހުގެ ޑިޒައިނަށް އޮތް ޑިމާންޑު ބޮޑުވެފައިވާތީ އެކި ކުންފުނިތަކުން އަންނަނީ މި ޑިޒައިން ކޮޕީ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދަބަސް ވިއްކާ އަގުގައި އެހެން ކުންފުނިތަކަކުން ދަބަހެއް ނުވިއްކައެވެ.

އެެއެއާއެކު މިިހާރު ޓްރެންޑު ވަނީ ޔުނިކްލޯ ދަބަހެވެ. ބައެއް މީހުން ލަފާ ކުރާގޮތުގައި އަންނަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް އާންމުންގެ ތެރެއިން ފެންނާނެ އެއް ދަބަހަކީ މިއީއެވެ.

comment ކޮމެންޓް