އެއްގަމު ލައިސެންސްގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ އަލަށް ތަޢާރަފްކުރެވޭ ސޮފްޓްވެއާއަށް މައިގްރޭޓްވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މި މުއްދަތަކީ އަލަށް ތަޢާރަފްކުރެވޭ ޑިޖިޓަލް ސޮފްޓްވެއާއަށް މައިގްރޭޓް ވުމަށްދާ ވަގުތުކޮޅެއް. އޭގެ ފަހުން އައިޑީ ކާޑުތައް ޑިޖިޓަލްކޮށް ލިބޭނެ،" އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސާލިޙް ވިދާޅުވިއެވެ.

އަލީ ސާލިޙް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މި އަންނަ މަހުގެ 4ގެ ނިޔަލަށް ކަމަށެވެ.

ލައިސަންސްގެ ޚިދުމަތް މި ވަގުތީ ގޮތުން ހުއްޓާލައިފައިވީ ނަމަވެސް، މި މުއްދަތުގައި ހަމަވާ ލައިންސަންސް ބޭނުންކޮށްގެން އަންނަމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެއެވެ.

އާ ސޮފްޓްވެއާ އާއެކު ޑިިޖިޓަލް ލައިސެންސް ކާޑު ގެންގުޅުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. އެހެންވެ، އެކަމުން ޢާންމުންނަށް ފަސޭހަތަކެއް ލިބޭނެއެވެ.

comment ކޮމެންޓް