އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއެއްގެ މޫނަށް ދަނގަޑެއް ހެރިއްޖެ

މާލޭގެ ގެއެއް އިމާރާތް ކުރަނީ -- ސަން ފައިލް ފޮޓޯ

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން މޫނަށް ދަގަނޑެއް ހެރުނު ބިދޭސީއަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް، އެތަނުން ދަނގަޑެއް ވެއްޓި މޫނަށް ހެރުނު ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި ދަގަނޑު ވަދެފައި ވަނީ ބިދޭސީ މީހާގެ ނޭފަތާ ދިމާލުންނެވެ. ދަގަނޑު ހެރިފައިވާގޮތަށް ބަލާއިރު ހާލު ސީރިއަސްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

comment ކޮމެންޓް