އައްޑޫ ސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ފުލުހުންގެ ސީސީޓީވީ ކެމެރާ ހަރުކޮށްފި

އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ --- ފޮޓޯ/ ޕޮލިސް

އައްޑޫ ސިޓީގެ އިތުރު ދެ ސަރަހައްދެއްގައި މިއަދު ޕޮލިސް ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަރުކުރި ކެމެރާތަކާއެކު މިހާރު އައްޑޫގެ ހަތަރު ސަރަހައްދެއްގައި އަށް ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ސީސީޓީވީ ކެމެރާތައް އިތުރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް އިފްތިތާހުކުރީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އޭރު ނިންމާފައި އޮތީ އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށެވެ. އަދި ކެމެރާތައް ހަރުކުރުމާއެކު ފުލުހުން ކުރަމުންދާ މަސައްކަތަކަށް އިތުރު ބާރެއް ލިބި، މަގުމަތީގެ ހާދިސާތައް މަދުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް