ކުޑަ ކުއްޖަކަށް ޖިންްސީ، ޖިސްމާނީ އަދި ނަަފްސާނީ ގޯނާކުރި ބައްޕައަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަަކަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަ ކުއްޖަކަށް އޭނާގެ ބައްޕަ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މާޗު 28 ވަނަ ދުވަހު 21:20 ހާއިރު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 18:15 ހާއިިރު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.

comment ކޮމެންޓް