އީރާން ސަރުކާރުގެ އިސް އަންހެން ބޭފުޅަކަށް ކޮވިޑް 19 ޖެހިއްޖެ

ކޮވިޑް ބަލިޖެހުނު އީރާންގެ ވިމެން އެންޑް ފެމިލީ އެފެއާޒްގެ ނާއިބު ރައީސް މަސޫމޭ އިބްތިކާރު

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވީޑް 19 އީރާން ސަރުކާރުގެ އިސް އަންހެން ބޭފުޅަކަށް ޖެހިއްޖެ އެވެ،

އެ ބަލި ޖެހިފައިވަނީ އީރާން ވިމެން އެންޑް ފެމިލީ އެފެއާޒްގެ ނާއިބު ރައީސް މައުސޫމޭ އިބްތިކާރަށެވެ. މިއީ އެ ބަލި ޖެހުނު އެ ގައުމުގެ ތިން ވަނަ ސިޔާސީ ފަރާތެވެ.

ޗައިނާއަށް ފަހު އެންމެ ގަދައަށް ކޮވިޑް 19 ފެތުރެމުންދާ ގައުމުތަކުގެ ތަކުގެ ތެރޭގައި އީރާން ހިމެނެ އެވެ.

އީރާންއިން ކޮވިޑް 19 ފެތުރެން ފެށީ އެގައުމުގެ މުގައްދަސް ސިޓީއެއް ކަމަށްވާ ގޯމްއިންނެވެ. ގޯމްއަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝީއީ މުސްލިމުން ޒިޔާރަތްކުރާ ސިޓީއެކެެވެ.

އީރާންގެ 245 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު އެންމެ ގިނައިން އެ ބަލި ފެނިފައިވަނީވެސް ގޯމްއިން އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަހަށް މިހާތަނަށް 44 ގައުމަކާއި ސަރަހައްދެއްގައި ތިބި 82،000އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,808 މީހަކު މަރުވެފައިވާ އިރު، 33,021 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.

އާ ކޮރޯނާވައިރަހަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ތައްޔާރުވެއްޖެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް