ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަނީ

ކުއަލިމްއިން ރާއްޖޭގެ ރަށެއްގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްއެއްގެ ތެރެއިން---

ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާ ކަމަށެވެ.

އެ ވޯކްޝަޮޕްތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ދަނީ ހިންގަމުންނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެކިއެކި ވޯކްޝަޮޕްތައް ރާއްޖޭގައި ބާއްވަމުންދަނީ ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިޜޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ.

އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރެ އެވެ.

އެ ޖަމިއްޔާއިން ގެންދިޔަ ވޯކްޝޮޕްއެއްގައި މަޖިލިސް މެމްބަރަކު ހިމެނޭ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

comment ކޮމެންޓް