ކަރިޝްމާ ކަޕޫރުގެ ވެބް ސީރީޒް އަންނަ މަހު

ކަރިޝްމާ ކަޕޫރު---

ނުވަދިހައިގެ އަހަރުތަކުގައި ބޮލ؛ީވުޑްގައި އެންމެ ގަދައަށް ވިދާލި އެއް ބަތަލާ ކަރިޝްމާ ކަޕޫރު ފެނިގެންދާ ވެބް ސީރީޒް އަންނަ މަހު ސްޓްރީމްކުރުމަށް ނިންމައިފި އެވެ.

ދެހާސް ތިން ވަނަ އަހަރު ކައިވެނިކުރުމާއެކު އޭނާ ވަނީ ސްކްރީނުން ގެއްލިފަ އެވެ. ނަމަވެސް ދުވަސްތަކަކަށްފަހު ކަރިޝްމާ އެނބުރި ސްކްރީނަށް އަންނާނީ ވެބް ސީރީޒް "މެންޓަލްހުޑް" އިންނެވެ. އެ ސީރީޒަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސްދޭ ސީރީޒެކެވެ.

އަންނަ މަހު ސްޓްރީމް ކުރަން ނިންމި ނަމަވެސް ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. "މެންޓަލްހުޑް" އަކީ ޒުވާން މަޔަކާއި އޭނާގެ ތިން ދަރިންގެ ވާހަކަ ކިޔައިދޭ ސީރީޒްއެކެވެ.

ކަރިޝްމާގެ އިތުރުން ސީރީޒުން ފެނިގެންދާނީ ކުރީގެ އެކްޓަރު ޑީނޯ މޯރިއާ،ސަންޖޭ ސޫރީ، ޓީވީ ބަތަލާއިން ކަމަށްވާ ޝިލްޕާ ޝުކްލާ އަދި ތިލޮތާމާ ޝޯމް އެވެ.

ބަތަލާ ކަރިޝްމާ އެންމެ ފަހުން ލީޑު ރޯލަކުން ފެނުނީ 2012 ވަނަ އަހަރު "ޑޭންޖަރަސް އިޝްގް" އިންނެވެ. ކަރިޝްމާ ކަޕޫރަކީ ބަތަލާ ކަރީނާ ކަޕޫރުގެ ދައްތަ އެވެ.

comment ކޮމެންޓް