ޝިލްޕާ ޝެޓީއަށް ދެވަނަ ދަަރިއެއް ލިބިއްޖެ

ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖު ކުންދުރާ: ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ދަރިއެއް --- ފޮޓޯ : ޓައިމްސް އޮފް އިންޑިއާ

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީއާއި ފިރިމީހާ ރާޖު ކުންދުރާ އަށް ދެވަނަ ދަރިއެއް ލިބިއްޖެއެވެ.

ޝިލްޕާއާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާއަށް ސަރަގޭޓް މަންމައެއް މެދުވެރިކޮށް ލިބިފައިވަނީ އަންހެން ދަރިއެކެވެ.

ޝިލްޕާ ދާދި ފަހުން ސޯޝަލް މީޑިއާގައި ދެމަފިރިންނަށް ދަރިއަށް ލިބިފައިވާ ވާހަކަ ވަނީ ހާމަކޮށްފައެވެ. އަދި ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގައި ކަމަށް އޭނާ ހާމަކުރިއެވެ.

ޝިލްޕާ ސޯޝަލް މީޑިއާގައި ވާހަކަ އާންމުކުރުމާއެކު މަޝްހޫރު ފިލްމު ޑައިރެކްޓަރު ފަރާ ހާން ވަނީ އެ ވާހަކަ އާންމުކުރުމުން ވަރަށް އުފާވި ކަމަށް ބުނެފައެވެ. އަދި ޝިލްޕާއަށް ދަރިއެއް ލިބުނުކަމުގެ ހަބަރު ސިއްރެއްގެ ގޮތުގައި ގިނަ ދުވަހު ބާއްވަން ޖެހުނު ކަންވެސް އޭނާ ފާހަކުރިއެވެ.

ޝިލްޕާއާއި ރާޖް 2009 ވަނަ އަހަރު ކައިވެނިކުރިއިރު ދެމަފިރިންގެ އަށް އަހަރުގެ ފިރިހެން ދަރިއެއް ހުރެއެވެ. ދެމަފިރީން އެކުއްޖާއަށް ކިޔާފައިވަނީ ވިއާންއެވެ. ދެމަފިރިންނަށް ލިބިފައިވާ އަންހެން ދަރިއަށް ކިޔުމަށް ނިންމާފައިވަނީ ޝަމީޝާއެވެ.

comment ކޮމެންޓް