ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި

ރަށެއްގެ މަގުމަތީގައި ކުޑަކުދިންތަކެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށަކުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފާ އަދި މުނިކާފާ ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް އިސްކަންދެމުންނެވެ.

އޭގެ ފަހުން އެފަދަ މައްސަލަތައް ރިޕޯޓްކުރާވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ހޯދުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ހޯދައި ތައްޔާރު ކުރި އިންކުއަރީ ރިޕޯޓު އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ހިމަނައި އެ ރިޕޯޓް އިއްޔެވަނީ ފާސްވެސްކޮށްފަ އެވެ.

comment ކޮމެންޓް