މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން: ބުކިން ހަދަން މިނެޓެއް ވެސް ނުވޭ!

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ އެއާލައިން މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް ތައާރަފުކުރި އެޕްލިކޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވީ އެޕްލިކޭޝަންގެ މަސައްކަތް ފެށީ މީގެ ފަސް ވަރަކަށް މަސް ކުރިން ކަމަށާއި މިއީ ދިވެހި ކުންފުންޏަކުން ފަރުމާކޮށްދީފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

މި އެޕްލިކޭޝަންގެ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު ހުރި ހިދުމަތްތަކުގެ ތެރެއަށް އާ ހިދުމަތްތައް އަޕްޑޭޓް ކުރަމުން ގެންދާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"އަންނަ ހަފްތާގެ ތެރޭގައި އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ރީފަންޑު ކުރެވޭ ހިދުމަތެއް ވެސް އިތުރު ކުރާނަން." ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ އެޕްލިކޭޝަނުން ބުކިން ހެދުމުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާއި ބެގެޖް އެލަވަންސް ވެސް ބަލައިލެވޭނެ އެވެ.

މީގެ އިތުރުން ބުކިން ހެދުމަށް ފަހު ތާރީހާއި ދާން ބޭނުންވާ މަންޒިލް ވެސް ބަދަލު ކޮށްލެވޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން ގޫގްލް ޕްލޭ އަދި އެޕަލް އެޕް ސްޓޯއިން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

comment ކޮމެންޓް