ޓީއެމްއޭ ފްލީޓަށް އަނެއްކާވެސް އާ ބޯޓެއް

ޓީއެމްއޭގެ ސީޕްލޭން އެއް -- ފޮޓޯ : ޓީއެމްއޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލީޓަށް އަނެއްކާވެސް އާ ބޯޓެއް ގެނެސްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ޓީއެމްއޭގެ ފްލީޓަށް ވަނީ އިތުރު ދެ ސީ ޕްލޭން ގެނެސްފައެވެ.

ޓީއެމްއޭއިން މިއަދު ބުނެފައިވަނީ އެ އެެއާލައިންގެ ފްލީޓަށް އާ ސީ ޕްލޭނެއް ގެނެސްފައިވާ ކަމަށެވެ. އެއާއެކު އެ ފްލީޓުގެ އަދަދު ވަނީ 56 އަށް އަރާފައެވެ.

ޓީއެމްއޭގެ އިތުރުން ރާއްޖޭގައި އިތުރު ދެ ކުންފުންޏަކުން ސީޕްލޭންގެ ހިދުމަތް ދެއެވެ.

ޓީއެމްއޭއިން ބުނި ގޮތުގައި އެ އެއާލައިންގެ ފްލީޓް ބޮޑު ކުރަނީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ހިދުމަތެއް ދީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެވެ. އަދި އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށް ވެސް ޓީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް